ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 18:37
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީ
ރާއްޖެ އެމްވީ
ދައުލަތުގެ ބަޖެޓް
އަންނަ އަހަރުގެ ބަޖެޓް 30.2 ބިލިއަނަށް ބޮޑުކޮށް، ކޮމެޓީން ފާސްކޮށްފި
އެގޮތަށް ފާސްކުރީ މެމްބަރުންގެ އިއްތިފާގުން
ބަޖެޓަށް އިތުރު ކުރީ 600 މިލިއަން ރުފިޔާ
ބައެއް އޮފީސްތަކުގެ ބަޖެޓު ބޮޑު ކުރި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓު 30.2 ބިލިއަން ރުފިޔާ އަށް ބޮޑުކޮށް، ކޮމެޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީން ގެނައި ބަދަލުތަކާ އެކު، ބަޖެޓަށް އިތުރުވެފައި ވަނީ 600 މިލިއަން ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ބަދަލުތަކާ އެކު ބަޖެޓުގެ ޖުމްލަ އަދަދަކީ 30،251،742،542 ރުފިޔާ (ތިރީސް ބިލިއަން ދުވިސައްތަ ފަންސާސް އެއް މިލިއަން ހަތް ލައްކަ ސާޅީސް ދެ ހާސް ފަސްސަތޭކަ ސާޅީސް) ރުފިޔާއެވެ. އާމްދަނީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 23.3 ބިލިއަން ރުފިޔާއެވެ.

ބަޖެޓް ދިރާސާކޮށް ނިންމުމަށްފަހު، ކޮމެޓީން ބަޖެޓް ފާސްކުރީ ހުކުރު ދުވަހުގެ ރޭ ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގެން ވޯޓު ދެއްވި މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް ކޮމެޓީގައި އެވަގުތު ތިއްބެވި 14 މެމްބަރުން ވެސް ބަޖެޓް ފާސްކުރަން ވޯޓު ދެއްވިއެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް މަޖިލީހަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވީ ބަޖެޓް ރިޕޯޓު އަންނަ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް