ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 18:55
ކުރީގެ ނާއިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަހުމަދު
ކުރީގެ ނާއިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަހުމަދު
ރާއްޖެއެމްވީ
ޑރ މުޙައްމަދު ޖަމީލު އަހުމަދު
ޑރ. ޖަމީލުގެ މިސްރާބު ރައްޔިތުންގެ މަޖްލީހާ ދިމާއަށް
މަޖްލީހާ މެދު ޝައުގުވެރިވާ ކަމަށް ވިދާޅުވި
ކުރިމަތި ލައްވާނެ ދާއިރާއެއް ވިދާޅެއް ނުވޭ

ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.

ވީޓީވީން ގެނެސްދޭ "މެހެމާން ސަރާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ މެދު ވަރަށް ބޮޑަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ ސިޔާސީ ގޮތުން ޚިދުމަތް ކުރަން އޮތީ ސަރުކާރުގެ ތެރެއިން އެކަނި ނޫން ކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރެއިން ނޫނަސް އެހެން ދާއިރާތަކުން ވެސް ސިޔާސީ މަސައްކަތް ކުރުމަކީ އޮތް ފުރުސަތެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ސަރުކާރަކީ ދައުލަތުގެ އެއްބައެވެ. އަދި ސިޔާސީ މަސައްކަތް ކުރައްވާނެ އެހެން ދާއިރާތައް ވެސް ހުރިކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ އެފަދަ ދިމާއަކުން އެމަނިކުފާނު ފެނިދާނެ ކަމަށެވެ.

"ވަރަށް ހަރަކާތްތެރި ސިޔާސީ މަސައްކަތްތަކެއްގެ ތެރެއިން ފެނިގެންދާނެ. ސަރުކާރަކީ ދައުލަތުގެ އެއްބައި އެހެން ނޫންތޯ. އަދި އެބަ އޮތެއް ނޫންތޯ ދައުލަތުގެ އެހެން ސިޔާސީ މަސައްކަތް ކުރާނެ ދާއިރާތައް ވެސް. އެހެންވީމަ ފަހަރެއްގައި އެއިން ދިމާއަކުން އަޅުގަނޑު ފެނިގެން ހިނގައިދާނެ," ޑރ ޖަމީލް ވިދާޅުވިއެވެ.

ޖަމީލު ވަނީ ރައީސް މައުމޫންގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ސިވިލް އޭވިއޭޝަން މިނިސްޓަރުކަމާއި ރައީސް ވަހީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވެއެވެ. އެއަށްފަހު ވަޑައިގެންނެވީ ރައީސް ޔާމީނުގެ ނާއިބަކަށެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ޖަމީލް ފާޅު ކުރައްވާފައިވި ނަމަވެސް އެމަނިކުފާނު ވާދަކުރައްވާނެ ދާއިރާއަކާއި ރަސްމީކޮށް އެކަން އިއުލާންކުރައްވާނެ ތާރީޚެއް ވިދާޅުވެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
23 ނޮވެންބަރ 2018 | ހުކުރު 15:50
މުހަންމާ
ވީޕީ ކަން ކޮށްފަ ތިބި މީހުނަށްވެސް އިނާޔަތެއްދޭގޮތަށް ހަދާފަ ބަހައްޓަންވީ.