ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 18:44
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
މުހައްމަދު ޝަރުހާން
އިލެކްޝަން ކޮމިޝަން
ޕީޕީއެމް ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ދަފްތަރު ކޮށްފި
ދަފްތަރުކުރެވިފައިވާ އަސާސީ ގަވާއިދުގެ ކޮޕީއެއް ކުރިއަށް އޮތް ހަފްތާ ތެރޭގައި ޕީޕީއެމްއަށް ފޮނުވާނެ
ޙުކުމްގައި ޝަރުޢީ، ޤާނޫނީ ގޮތުން ރިއާޔަތްކުރައްވަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް އީސީން ބުނޭ
ހުކުމް އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައި

ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ދަފްތަރު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައިވާ ގޮތަށް، ސެޕްޓެމްބަރު 28 އަދި 29 ގައި ބޭއްވުނު ޕީޕީއެމްގެ ޚާއްސަ ޤައުމީ ޖަލްސާގައި ފާސްކޮށްފައިވާ އަސާސީ ގަވާއިދާއި ޕާޓީގެ މަޤާމުތަކަށް އިންތިޚާބު ކުރެވުނު ފަރާތްތައް ނޮވެމްބަރު 22 ވީ ބުރާސްފަތި ދުވަހު އެކޮމިޝަނުން ދަފްތަރު ކޮށްފައިވާ ކަމަށެވެ.

ދަފްތަރު ކުރެވިފައިވާ އަސާސީ ގަވާއިދުގެ ކޮޕީއެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޕީޕީއެމްއަށް ފޮނުވާނެ ކަމަށް މިސިޓީގައި ވަނީ ބުނެފައެވެ.

މީގެ އިތުރަށް އިލެކްޝަން ކޮމިޝަންގެ ސިޓީގައި ބުނެފައި ވަނީ ހައިކޯޓްގެ ޙުކުމްގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ރިޢާޔަތް ކުރައްވަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި ހައިކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް މިސިޓީގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް