ކ. މާލެ
|
23 ނޮވެންބަރ 2018 | ހުކުރު 12:27
ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓްރީ
އަބްދުﷲ ސައީދު
ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދީ އެންމެ ހެޔޮ އަގުގައި: ސައީދު
ލޯނު ދެއްކޭނެ އިންތިޒާމް ރައީސް ޔާމީންގެ ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވި
ރައީސް ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ނުއަގުގައި

ކުރީގެ ރައީސް އަބްދުލްﷲ ޔާމީންގެ ސަރުކާރުން ތަރައްގީގެ އެކި މަޝްރޫއުތަކަށް ފައިސާ ހޯދީ ދުނިޔޭގެ މާލީ ބާޒާރުން އެންމެ ހެޔޮ އަގުގައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ލޯނުތައް ނަގާފައިވަނީ ކޮމާޝަލް ރޭޓުން ކަމަށާއި، ލޯނުތަކުގެ ސަބަބުން ގައުމު ދަރަނިވެރިވެ، އައު ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް މިސަރުކާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނިކޮށެވެ.

ޝާހިދަށް ރައްދުދެއްވާ ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފައިސާ ހޯދީ ދުނިޔޭގެ މާލީ ބާޒާރުން ރާއްޖެއަށް މިހާތަނަށް ހޯދި އެންމެ ހެޔޮ އަގުގައި ކަމަށާއި، ލޯނު ދެއްކޭނެ އިންތިޒާމުވެސް ރައީސް ޔާމީންގެ ސަރުކާރުން ހުންނާނީ ފަހިކޮށްދީފައި ކަމަށެވެ. އަދި މިކަން ސަރުކާރުން އޮޅުވާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ނުއަގުގައެވެ. އެގޮތުން އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި، މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްގެ މަޝްރޫއު ފާހަގަކޮށްލެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތް އެޅުމަށް 53 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލްއެއް ހުށަހަޅާފައިވަނިކޮށް އެމަސައްކަތް ހަވާލުކޮށްފައިވަނީ 142 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލްއެއް ހުށަހެޅި ފަރާތަކަށެވެ. އޭގެ ސަބަބުން ދައުލަތަށް 89 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ގެއްލުން ވަނީ ލިބިފައެވެ. 

ދައުލަތައް ގެއްލުންވި 1.3 ބިލިއަން ރުފިޔާއަކީ 15 އެއަރޕޯޓު އެޅޭނެ ފައިސާއެވެ. އަދި ހަމައެފައިސާއިން ހުޅުމާލެވަރުގެ 3 ބިން ހިއްކާލެވޭނެއެވެ. 

ހަމައެގޮތަށް ސިނަމާލެ ބްރިޖަށް ހަރަދުކުރި 210 މިލިއަން ޑޮލަރަކީ މިފަދަ 3 ބްރިޖު އެޅޭނެ ފައިސާ ކަމަށް ކަމާބެހޭ މާހިރުން ވަނީ ބުނެފައެވެ. ބްރިޖަށް ހަރަދުކުރި 210 މިލިއަން ޑޮލަރުގެ ތެރެއިން 126 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. 

މިސަރުކާރުން ނަގާފައިވާ ލޯނުތަކާއި ބިލްތަކަށް އެކަނި ވެސް ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އާ ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިން ސަރުކާރުގެ ކަންކަން ހުރި ގޮތް ބެލި ޓްރާންސިޝަން ކޮމިޓީގެ ފައިނޭންސް ސަބް ކޮމިޓީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
23 ނޮވެންބަރ 2018 | ހުކުރު 08:47
ޢަލީސައީދު
ފައިސާޢެއްގެ ޥާހަކަ މީހަކު ބުނެލާއިރަށް ޔާމީނުކައިރީ ދަމާކަނޑަންއުޅުނު ބަޔަކަށް ހާދައަސަރު ކުރެޔޭދޯ. ރައްޔިތުންގެ މާލިއްޔާ ދަވާލާފަ ކޮންވާހަކައެއް ދައްކަން މިއުޅެނީ. މިސައީދަކީ ބަތާހަރާމީ ވައްތަރު މީހެއް.