ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 18:23
ގާނޫނީ ވަކީލު ހަސީން: ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅައިގެން ނޫނީ ޝަރުއީ ދާއިރާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވި
ގާނޫނީ ވަކީލު ހަސީން: ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅައިގެން ނޫނީ ޝަރުއީ ދާއިރާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވި
ރާއްޖެއެމްވީ
އަދުލު އިންސާފް
ވަކިކުރަން ޖެހޭ ފަނޑިޔާރުން ވަކިކޮށްގެން ނޫނީ އަދުލު އިންސާފުގެ ނިޒާމް ރަނގަޅެއް ނުކުރެވޭނެ: ހަސީން
އަވަހަށް މައްސަލަތައް ނިންމަން ޖެހޭ

ރާއްޖޭގެ އަދުލު އިންސާފު ރަނގަޅު ކުރެވޭނީ ވަކިކުރަން ޖެހޭ ފަނޑިޔާރުން ވަކިކޮށް، ފިޔަވަޅު އަޅަން ޖެހޭ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅައިގެން ކަމަށް ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެ އެވެ. ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހުގެ ރޭ ހަސީން ވިދާޅުވީ މީގެ ކުރިން ބޭއިންސާފުން އަމަލުކުރި ފަނޑިޔާރުން މިއަދު އޭގެ އަނެއް ކޮޅަށް ހުކުމް ކުރަން ފެށުމުން އަދުލު އިންސާފު ރަނގަޅުވީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

"ހަމަ އެ ކޯޓުތަށް އެ ކޯޓު ރޫމްތައް، އެ އިމާރާތަށް އަދި އެ އިމާރާތުގައި ތިބި ހަމަ އެ މުވައްޒަފުންތައް. ފަނޑިޔާރުންނަކީ ހަމަ އެ ފަނޑިޔާރުން. ދެން އަޅުގަނޑުމެން ގަބޫލުކުރަންވީ މި އޮތީ ހުރިހާ ކަމެއް ރަނގަޅުވެފައި އޭ، ރާއްޖޭގެ އަދުލު އިންސާފު މި އޮތީ ރަނގަޅުވެފައި އޭ؟ އެހެން އުއްމީދު ކުރާ ކަމަށްވާނަމަ ކިހިނެއްތޯ އަޅުގަނޑުމެން އަދުލު އިންސާފުގެ ނިޒާމް ރަނގަޅު ކުރާނީ؟ ޒިންމާދާރު ކުރަން ޖެހޭ ފަރާތްތައް ޒިންމާދާރު ކުރެވިގެން އަންނަން ޖެހޭ އަދަބެއް އައިސްގެން. އަދި ފަނޑިޔާރުންގެ ތެރޭގައި ވަކިކުރަން ޖެހޭ ބަޔަކު ތިބިއްޔާ ވަކިކޮށްގެން، ސުލޫކީ ފިޔަވަޅު އަޅަން ޖެހޭ ފަނޑިޔާރެއް ވެއްޖެއްޔާ އެ ފިޔަވަޅެއް އަޅައިގެން ނޫން ގޮތަކަށް އަޅުގަނޑުމެނަށް އިންސާފެއް ނުލިބޭނެ،" ހަސީން ވިދާޅުވި އެވެ.

އިންސާފު ގާއިމު ކުރުމަށްޓަކައި ޝަރުއީ ދާއިރާގައި ހުރިހާ ފަރާތްތައް ރަނގަޅު ކުރުމަށް ކުރަން، އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ނޫނީ މުޅި ޝަރުއީ ދާއިރާ ބަދަލު ކޮށް އިސްލާހް ނުކުރެވޭނެ ކަމަށް ތަކުރާރުކޮން ހަސީން ވިދާޅުވި އެވެ. އަދުލު އިންސާފު ލިބޭނީ ކޮންމެ މީހެއްގެ މައްސަލަ ވެސް އަވަހަށް ކޯޓުން ނިމި، ތަފާތު ކުރުން ނައްތާލައިގެން ކަމަށް ވެސް ހަސީން ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގައި އޭނާ ވަކާލަތުކުރައްވާ މައްސަލަ އެއް ހަ އަހަރުވީ އިރު ވެސް ނުނިމި އެބަ ހުރި ކަމަށެވެ.

އިންތިގާލީ އަދާލަތަށް އެންމެ މުހިންމު އެއް ކަމަކީ އަދުލު އިންސާފުގެ ދާއިރާގައި ތިއްބެވި ފަރާތްތައް ވެސް ޖަވާބު ދާރީކުރުވުން ކަމަށް ހަސީން ފާހަގަ ކުރެއްވި އެވެ. އަދި އެހެންމެ ނުފޫޒުގައި ޖެހި ބައެއް ފަނޑިޔާރުން ހުކުމް ކުރައްވާފައި ވާނެ ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެ ބަޔާން ދެއްވާފައިވާ އިރު އެ ފަދަ ފަނޑިޔާރުން ބަތިއްބައިގެން ޝަރުއީ ދާއިރާ އިން އިންސާފު ނު ލިބޭނެ ކަމަށް ހަސީން ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން އަނިޔާ ލިބުނު ފަރާތަށް އަނިޔާގެ ބަދަލު ހޯދައި ދިން ނަމަވެސް އެ އަނިޔާ އެ މީހުނަށް ދިން ފަރާތަށް އެކަމުގެ އަދަބު ލިބެން ޖެހޭނެ ކަމަށް ހަސީން ވަނީ ވިދާޅުވެފައި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް