ކ. މާލެ
|
23 ނޮވެންބަރ 2018 | ހުކުރު 09:40
މިފަހަކަށް އައިސް ރުއްގަސް ކަނޑުން ވަނީ އާންމު ކަމަކަށްވެފައި
މިފަހަކަށް އައިސް ރުއްގަސް ކަނޑުން ވަނީ އާންމު ކަމަކަށްވެފައި
ހުސައިން
ތިމާވެށި ހިމާޔަތްކުރުން
ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގާ އަމަލުތަައް ބެލުމަށް ފުލުހުންނަށް އަންގައިފި
ތިމާވެށި ރައްކާތެރިކޮށް، ހިމާޔަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް
ގަވާއިދާއި ހިލާފަށް މިއަމަލު ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ވެސް ބުނޭ

ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގާ އަމަލުތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ބެލުމަށް ފުލުހުންނަށް އަންގައިފި އެވެ.

ދ. ބަނޑިދޫގައި ރުށްތަކެއް ކަނޑާ އެރަށުން ބޭރުކުރާތީ ކަންބޮޑުވުންފާޅުކޮށް އާންމުންގެ މީހަކުކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ގާނޫނާއި ހިލާފަށް ގަސްކެނޑުމާއި، ފަރުތަކާއި، ފަޅުތަކަށް ގެއްލުން ދިނުންފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ތިމާވެށި ރައްކާތެރިކޮށް، ހިމާޔަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މިފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްރަށުން ރުއްގަސް ނަގާ މައްސަލަ ވަނީ ފެންމަތިވެފައެވެ. މިމައްސަލައާ ގުޅިގެން ބައެއް މަދަނީ ޖަމިއްޔާތަކުންނާއި ބައެއް އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން އީޕީއޭއިން ބުނީ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ގަވާއިދާއި ހިލާފަށް މިއަމަލު ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. 

އެގޮތުން ރިނބުދޫ ކައުންސިލުން ހިންގި ޕްރޮޖެކްޓަކަށް އެރަށުން ރުއްގަސް ނެގި މައްސަލައެއްގައި އެ ރަށު ކައުންސިލް ވަނީ 250,000 ރުފިޔާއިން ޖޫރީމަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް