ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 22:33
އެމްޑީއޭ ގައުމީ ޖަލްސާއަށްފަހު މެމްބަރުން ފޮޓޯއަކަށް އެތުރިލައިގެން
އެމްޑީއޭ ގައުމީ ޖަލްސާއަށްފަހު މެމްބަރުން ފޮޓޯއަކަށް އެތުރިލައިގެން
ސަން އޮންލައިން
މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ)
އެމްޑީއޭގެ ހިންގުމާއި އަނެއްކާވެސް ސިޔާމް ޙަވާލުވެވަޑައިގެންފި!
ރައްޔިތުންގެ މަޖްލިސް އިންތިޚާބުަގައި 87 ދާއިރާއަށް ވާދަކުރަން ނިންމާފައިވޭ
އެމްޑީއޭގެ ނައިބު ލީޑަރަކަށް މަމްދޫހާވަނީ އައްޔަންކޮށްފަ

މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) ގެ ހިންގުމާ އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އަނެއްކާވެސް ހަވާލުވެވަޑައިގެންފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެމްޑީއޭ ހިންގުން ވަގުތީ ގޮތުން އެޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާ ވަނީ ހަވާލުކޮށްފައެވެ.

އެމްޑީއޭ ހިންގެވުމާއި ސިޔާމް އޭރު ދުރަށް ޖެހިވަޑައިގަތީ، ވިޔަފާރީގެ ކަންކަމާއި އަދި އެނޫންވެސް ބަޔެއް ކަންކަން ހުރި ގޮތުން ޕާޓީ ހިންގެވުމަށް އެކަށީގެންވާ ވަގުތު ނެތުމުން ކަމަށް ވިދާޅުވެއެވެ.

ސިޔާމާ ޕާޓި ހިންގުން ހަވާލު ކުރީ ބުރާސްފަތި ދުވަހު ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.

ބުރާސްފަތި ދުވަހު އޮތް ގައުމީ މަޖްލީހުގެ ބައްދަވުމުގައި ޑެޕިއުޓީ ލީޑަރު މަގާމަށް ކައުސިލް މެމްބަރު އައިޝަތު މަމްދޫހާ ވަނީ އައްޔަންކޮށްފައެވެ.

މަމްދޫހާ އެ މަޤާމަށް އައްޔަން ކުރީ ކުރިން ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ ޕާޓި އިން ވަކިވެވަޑައިގަތުމުން އެ މަޤާމު ހުސްވުމުންނެވެ.

މީގެ އިތުރުން އަންނަ އަހަރުގެ މާޗު މަހު އޮންނަ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާތަކަށް ވެސް ވާދަކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލިސް އިން ވަނީ ނިންމާފައެވެ.

އެމްޑީއޭގެ ގައުމީ މަޖްލީހުން އެގޮތަށް ނިންމާފައިވަނީ އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް