ކ. މާލެ
|
23 ނޮވެންބަރ 2018 | ހުކުރު 09:43
ފުލުހުންގެ އިސްވެރިންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްދަލު ކުރައްވަނީ
ފުލުހުންގެ އިސްވެރިންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްދަލު ކުރައްވަނީ
ޕޮލިސް
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވާ ވަޒީރަކަށް ޝޭޚް އިމްރާން!
އިމްރާން ގެންދަވަނީ އާންމުންގެ ހިއްސާކުރާ ކަންކަންވެސް ބައްލަވުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެބިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވާ ވަޒީރެއްގެ ގޮތުގައި ޝޭޚް އިމްރާން އަބްދުﷲ ގިނަ ބަޔަކު ފާހަގަކޮށްފިއެވެ.

އިމްރާންވަނީ ގަވައިދާ ޚިލާފަށް ގަސްކެނޑުމާއި ގުޅޭގޮތުން އާންމުންގެ މީހަކު އާއްމު މީހަކު ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވާ އެފަދަ ކަންތައްތައް ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

މުނާ މުޙައްމަދުގެ ނަމުގައި ޓްވީޓް ކުރައްވާ ފަރާތަކުންވަނީ ދ. ބަނޑިދޫގައި ޤަވައިދާ ޚިލާފަށް ރުށް ކަޑައިގެން ދެންދާ މަންޒަރު ދައްކުވައިދޭ ޓްވީޓްތަކެއް އިމްރާންގެ ސަމާލު ކަމަށް ގެންނަވާފައެވެ.

އެ ޓްވީޓަށް ޖާބުދެއްވަމުން އިމްރާން ވިދާޅުވީ ގާނޫނާ ހިލާފަށް ގަސް ކެނޑުން ފަދަ ތިމާވެއްޓަށް ގެއްލުންދޭ ބޮޑެތި މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފުލުހުންނަށް ދަންނަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

"ގާނޫނާ ހިލާފަށް ގަސް ކެނޑުމާ، ފަރުތަކާއި ފަޅުތަކަށް ގެއްލުންދިނުން ފަދަ ކަންކަން ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފުލުހުންނަށް ދަންނަވައިފިން،" މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި އަލަށް ހަދާ ރިސޯޓްތައް ފެހިކުރުމަށް ރަށްރަށުން ގިނަ އަދަދެއްގެ ރުއް ގެންދިއުން މިހާރު ވަނީ އާއްމު ވެފަ އެވެ.

ހޯމް މިނިސްޓަރު އިމްރާންގެ މަސައްކަތް ބަލައިގަންނަކަން ހާމަކޮށް އާންމުންގެ މީހަކު ކުރި ޓްވީޓެއްގައިވަނީ "އާންމު މީހެއްގެ ޓްވީޓަކަށް ޖަވާބު ދެއްވައި، މިކުރެއްވި ކަމަކީ ވަރަށް ސަޅި ކަމެއް" ކަމަށެވެ. އަދި މިކަމަކީ ރައްޔިތުންނަށް އަތޮޅު ތެރޭގެ ރަށްރަށުގައި ހިނގާ ކަންކަން އާންމުކުރުމަށް ދެވޭ ހިތްވަރެއް ކަމަށެވެ.

އެހެން މީހެއްގެ ޓްވީޓްގައި ބުނެފައިވަނީ، ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމުގެ މާނައަކީ ކޮންމެ ޕްލެޓް ފޯމެއްގައިވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދީ އެކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް