ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 19:02
ފޮރިން މިނިސްޓްރީގެ އިސް ދެ މަޤާމަކަށް އައްޔަން ކުރެއްވި ބޭފުޅުން
ފޮރިން މިނިސްޓްރީގެ އިސް ދެ މަޤާމަކަށް އައްޔަން ކުރެއްވި ބޭފުޅުން
މުހައްމަދު ޝަރުހާން
ސަރުކާރުގެ މަޤާމުތައް
ފޮރިން މިނިސްޓްރީގެ ދެ މަޤާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ އަޙުމަދު ޚަލީލް
ފޮރިން ސެކްރެޓަރީގެ މަޤާމަށް އައްޔަން ކުރެއްވީ އަބްދުލްޣަފޫރު މުޙައްމަދު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދެ މަޤާމަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ ކުރިން އެ މިނިސްޓްރީގެ ބައިލެޓްރަލް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އަޙުމަދު ޚަލީލެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ފޮރިން ސެކްރެޓަރީގެ މަޤާމަށް އަބްދުލްޣަފޫރު މުޙައްމަދު އައްޔަން ކުރައްވާފައެވެ. ޢަބްދުލްޣަފޫރަކީ ކުރިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ފޮރިން މިނިސްޓްރީގެ އިސް ދެ މަޤާމަކަށް ބޭފުޅުން ހަމަޖައްސާފައިވާއިރު، ބުރާސްފަތި ދުވަހު ރައީސް ސޯލިހު ވަނީ ބައެއް އެހެން މިނިސްޓްރީތަކުގެ އިސް މަޤާމުތަކަށްވެސް ބޭފުޅުން އައްޔަން ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް