ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 20:54
ޝައިޚް އިމްރާން ޢަބްދުﷲ
ޝައިޚް އިމްރާން ޢަބްދުﷲ
ގޫގުލް
ޝައިޚް އިމްރާން
ޝައިޚް އިމްރާންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ހުކުމް ބާތިލްކޮށްފި
ހުކުމް ބާތިލް ކޮށްފައި ވަނީ ބުރާސްފަތި ދުވަހު
އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ސުޕްރީމް ކޯޓުން ކުރިން ވަނީ ފަސްކޮށްފައި

މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަޤާމުގައި ވެސް ހުންނަވާ އިމްރާނުގެ މައްޗަށް 12 އަހަރު ދުވަހުގެ ހުކުމެއް އިއްވާފައި ވަނީ މެއި 1، 2015 ގައި، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި "މޭޑޭ މުޒާހަރާ" ގައި ހަމަ ނު ޖެހުމަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.

ޝައިޚް އިމްރާންގެ ހުކުމް، ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ އިރު، ކްރިމިނަލް ކޯޓުން އިމްރާންގެ މައްޗަށް އިއްވި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން، އެ މައްސަލަ އިމްރާންގެ ފަރާތުން ކުރިން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އޭރު ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

އޭގެ ފަހުން އަނެއްކާ ވެސް އިމްރާންގެ ފަރާތުން އެ މައްސަލަ ރިވިއު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ އެމައްސަލަ ބަލައިގަނެ، އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްފައެވެ.

ޖަލު ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް ނިންމާލާފައި ވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށްވާ މޭ 1 ގެ އެއްވުން ރޭއްވެވުމުގައި އެންމެ އިސްކޮށް އުޅުއްވި އިމްރާނަށް ޓެރަރިޒަމްގެ ދައުވާ ކޮށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2015 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް