ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 15:19
ޔޫއެން ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
ޔޫއެން ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
އެމްޑީޕީ
ރައީސް ނަޝީދު
ޔޫއެން ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
އަލަށް ގުޅުނު މެމްބަރުންގެ ފޯމް ހަވާލުކުރުން އޮތް
މިއަދު ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްވެސް ބާއްވާފައިވޭ

ޔޫއެން ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރ ފާޑިނަންޑް ވޮން ހަބްސްބާގް ލޮތިރެންގްއާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި މިބައްދަލުވުން އޮތީ ބުރާސްފަތި ދުވަހު މެންދުރުފަހުގައެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވުމުށާއި ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ކަންކަމާއި ގުޅޭގޮތުންނެވެ.

މިބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފުގެ އިތުރުން ލީޑަރޝިޕްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން މިއަދު ރައީސް ނަޝީދުވަނީ އައްޑޫ ސިޓީގެ ކައުންސިލް މެމްބަރުންނާއި، ފުވައްމުލަކު ދެކެނު ދާއިރާގެ ބައެއް މެމްބަރުންނާއި އަދި ތ.ވިލިފުށީ ދާއިރާގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.  

ށ.މިލަންދޫ ދާއިރާއާއި ށ. ކޮމަންޑޫއިން އެމްޑީޕީއާއި އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ފޯމްތައް ވަނީ ރައީސް ނަޝީދާއި ހަވާލުކުރައްވާފައެވެ.

މީގެ އިތުރުން މިއަދު އެމްޑީޕީ އޮފީހުގައި ވަނީ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް