ކ. މާލެ
|
23 ނޮވެންބަރ 2018 | ހުކުރު 18:27
ސަރީލަންކާގެ މަނަވަރެއް
ސަރީލަންކާގެ މަނަވަރެއް
އެމްއެންޑީއެފް
އެކްސަސައިޒް ދޯސްތީ 14
އެކްސަސައިޒް ދޯސްތީ މިމަހުގައި ބާއްވާގޮތަށް ހަމަޖައްސައިފި
މިމަހުގެ 26 ން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް މިއެކްސަރސައިޒް ކުރިއަށްގެންދާނެ
މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2016 އޮކްޓޯބަރުގައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާ އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ ޓްރެލައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14 މިމަހުގެ 26 ވަނަ ދުވަހު ބާއްވާގޮތަށް ހަމަ ޖައްސާފައިވާގޮތައް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެކްސަސައިޒް ފެއްޓުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލްގައި މިމަހު 26 ވަނަ ދުވަހު ބޭއްވުމަށއިސްލާމީ މަރުކަޒު ޖަލްސާކުރާ ހޯލުގައެވެ.

މިމަހުގެ 26 ން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސަސައިޒްއަކީ ރާއްޖެއާ އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރުށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ބާއްވާ އެކްސަސައިޒެއްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި އެކްސަ ސައިޒްގެ ފަރިތަ ކުރުންތައް މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަހައްދު ތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި އެކްސަސައިޒްގައި އިންޑިއާ ނޭވީގެ ދެ މަނަވަރާއި ސްރީލަންކާ ނޭވީގެ މަނަވަރެއް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެކްސަސައިޒަކަށް ވާއިރު މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2016 އޮކްޓޯބަރުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް