ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 14:31
ހައި ކޯޓް
ހައި ކޯޓް
މުހައްމަދު ޝަރުހާން
ދިވެހިރާއްޖޭގެ ހައިކޯޓް
ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން ނިންމީ ގާނޫނާ ހިލާފަށް: ހައިކޯޓު
ކުރިއަށް އޮތް 24 ގަނޑިއިރުގެ ތެރޭގައި އެ ޕާޓީގެ ކޮންގްރެސްއިން އައްޔަން ކުރި މަގާމުތައް އަނބުރާ ދޭންޖެހޭ

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުން ކުރިމަތި ވެވަޑައިގެންނެވި ނާކާމިޔާބީ އާއި އެކުއެވެ. އެ ކޮންގްރެސްގައި ޕާޓީގެ ލީޑަރަކަށް ރައީސް ޔާމީން އައްޔަން ކުރުމުގެ އިތުރުން އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބުކޮށްފައިވެއެވެ.

ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ޕާޓީގެ ކޮންގްރެސްއިން އައްޔަން ކުރި މަގާމުތައް އަނބުރާ ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރާކަމަށެވެ. 

ޕީޕީއެމްގެ ހިންގުމުގެ ބާރުތައް ރައީސް މައުމޫންގެ އަތްޕުޅުން ނެންގެވުމަށްފަހު، އެޕާޓީ ހިންގުމުގެ ބާރު ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރު, ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ސިވިލް ކޯޓުގެ ހުކުމަކުން 2016 ވަނަ އަހަރު ރައީސް ޔާމީނަށް ޕީޕީއެމް ހިންގުމަށް ހަވާލު ކުރި ހުކުމްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ބެލުމުގެ ދަށުން އެ ޕާޓީގެ ގައުމީ ޖަލްސާ އެއް ނުވަތަ ކޮންގްރެސް އެއް ބޭއްވުމަށެވެ. ނަމަވެސް އެ ޕާޓީން ކޮންގްރެސް ބާއްވާފައި ވަނީ ރައީސް ޔާމީނާއި ކޯޓުން, ޕީޕީއެމް ހަވާލުކުރިތާ ދެ އަހަރު ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފައިވާއިރު ޕީޕީއެމްގެ ކޮންގްރެސްގައި އެޕާޓީގައި ނުހިމެނޭ މީހުންވެސް ބައިވެރިވެފައިވާ ކަމަށް އީސީއިން ވަނީ ބުނެފައެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވައިދުގައި އެޕާޓީގެ މަގާމުތަކަށް ކުރިމަތިލެވޭނީ އެޕާޓީގެ މެންބަރުންނަށް ވާތާ ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން ކަމަށާއި, ޕާޓީގެ އެފަދަ އަސާސްތަކާ ހިލާފުވެފައިވާ އިރު ކޮންގްރެސްގެ ނިންމުންތައް ބަލައިގަނެވޭނެ ޖާގައެއް ނެތް ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް