ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 21:00
ރައީސް ސޯލިހާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރެއްވުން
ރައީސް ސޯލިހާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރަައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ސޯލިހާއި މައުމޫން ބައްދަލު ކުރައްވައިފި
ބައްދަލުކުރެއްވީ ރައީސް އޮފީހުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައެވެ. އެހެން ނަމަވެސް އެބައްދަލު ކުރެއްވުމުގެ ތަފްސީލެއް ލިބިފަ އެއް ނުވެއެވެ. 

މިއީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ ދެބޭފުޅުން ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. 

ރައީސް ސޯލިހާއި ރައީސް މައުމޫން ބައްދަލުކުރައްވާފައި ވާއިރު ރައީސް ސޯލިހު ހުވާކުރެއްވި ދުވަހު ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ ކުރިމަތި ލަނީ އުންމީދުން ފުރިގެންވާ މަރުހަލާއަކާ ކަމަށާއި ސޯލިހުގެ މަސައްކަތްފުޅުގައި ބަރަކާތްލެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހުގެ ކެބިނެޓްގައި ރައީސް މައުމޫނަށް ވަނީ 20 ޕަސެންޓް ލިބިވަޑައިގެންފައެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް