ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 09:40
އެމްއެމްއޭ ގަވަރުނަރ އަހުމަދު ނަސީރު
އެމްއެމްއޭ ގަވަރުނަރ އަހުމަދު ނަސީރު
ޓްވިޓަރ
އެމްއެމްއޭ
ދައުލަތުން 6.1 ބިލިއަން ރުފިޔާ އެމްއެމްއޭ އަށް ދައްކަން ޖެހޭ: ގަވަރުނަރު
ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން އެމްއެމްއޭށް ދައްކާ
ދައުލަތުން 6.1 ބިލިއަން ރުފިޔާ އެމްއެމްއޭ އަށް ދައްކަން ޖެހޭ

ދައުލަތުން 6.1 ބިލިއަން ރުފިޔާ އެމްއެމްއޭ އަށް ދައްކަން ޖެހޭ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރ އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއިން ވަނީ ގަވަރުނަރާއި އަދި އެމްއެމްއޭ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. މި ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރ ވިދާޅުވީ ސަރުކާރުން އެކިފަހަރުމަތިން ނަގާފައިވާ ފައިސާގެ ޖުމްލަ އަދަދު 6.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި 2012 ގައި އެމްއެމްއޭއިން ސަރުކާރުގެ ހަރަދު ބެލުމަށްޓަކައި އެކި ފަހަރުމަތިން ފައިސާ ދީފައިވާކަމަށެވެ. މި ފައިސާ އަކީ ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނޫ ނުވަތަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ފާސް ވުމުގެ ކުރިން ނެގިފައިވާ ފައިސާއެވެ.

މި ގާނޫނުގެ ސަބަބުން އެމްއެމްއޭ އިން ސަރުކާރުގެ ހަރަދު ބެލުމަށްޓަކައި ފައިސާއެއް ނުނެގޭނެއެވެ. އެމްއެމްއޭ އަށް ދައްކަންޖެހޭ ފައިސާ ވަނީ ސަރުކާރާއި އެމްއެމްއޭ ވެވުނު އެއްބަސްވުމުގެ ދަށުން 50 އަހަރުގެ ބޮންޑަށް ބަދަލުކުރެވިފައެވެ .އެގޮތުން ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން އެމްއެމްއޭއަށް ބަޖެޓުގެ ތެރެއިން ދައްކަމުންދެއެވެ.

އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވިގޮތުގައި 6.1 ބިލިއަން ރުފިޔާއަކީ ޖީޑީޕީ ގެ ނިސްބަތުން ބަލާއިރު 8 ޕަސެންޓް ކަމަށާއި މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ޖީޑީޕީ ނިސްބަތުން ބަލާއިރު 61 ޕަސެންޓަށް އަރާނެކެމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން ދަރަންޏާ ގުޅޭގޮތުން އަމަލުކުރާނެ ގޮތެއް ހުށަހަޅަނެ ކަމަށެވެ.

ދައުލަތުން 6.1 ބިލިއަން ރުފިޔާ އެމްއެމްއޭ އަށް ދައްކަން ނުޖެހި މާފު ވެއްޖެނަމަ ބެލެންސްޝީޓް ރަނގަޅުވެ ބޭރުން ފައިސާ ހޯދުމަށް ފަސޭހަވާނެކަމަށް ވެސް ބުދަ ދުވަހު ބޭއްވި ބަޖެޓް ކޮމެޓީގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް