ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 21:13
ސޯޝަލް މީޑިއާ އެކްޓިވިސްޓް ސްމިތް
ސޯޝަލް މީޑިއާ އެކްޓިވިސްޓް ސްމިތް
ޓްވިޓަރ
ސްމިތު
ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
އެގޮތަށް ގޮވާލެއްވީ ސްމިތާ އެކު މަހުލޫފު ނަންގަވާފައިވާ ފޮޓޯތައް ޓްވީޓު ކުރައްވަމުން

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމަށް ބުނެ ބުދަ ދުވަހު ހައްޔަރު ކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސުމިތް) މިހާރުން މިހާރަަށް ދޫކޮށްލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފް ގޮވާލައްވައިފިއެވެ.

މަޚްލޫފް އޭނާ ދޫކޮށްލުމަށް ގޮވާލީ، ސުމިތާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައެވެ.

ބުދަ ދުވަހު ސުމިތް ހައްޔަރުކުރުމުން ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކޮށް، އޭނާ ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

މަޚްލޫފްގެ މި ޓްވީޓާއި އެކު ގިނަ ބަޔަކު ބުނެފައި ވަނީ، ސަރުކާރުގެ އިސް ބޭފުޅަކު ސްމިތު ދޫކޮށްލުމަށް ފުރަތަމަ ފަހަރަށް ގޮވާލީތީ އުފާ ކުރާ ކަމަށް ބުނެފައެވެ.

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިންކަމަށް ބުނެ ބުދަ ދުވަހު ސްމިތު ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ ކޯޓުން ހަތްދުވަސް ޖަހައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް