ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 04:59
ރަށްރަށުން ރުއް ކަނޑާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި
ރަށްރަށުން ރުއް ކަނޑާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި
މުހައްމަދު ޝަރުހާން
އީޕީއޭ
ބަނޑިދޫން ރުއް ނަގާ މައްސަލަ އީޕީއޭއިން ތަހުގީގު ކުރަނީ
ރަށްރަށުން ރުއް ކަނޑާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި

ދ. ބަނޑިދޫއިން ގަވައިދާ ހިލާފަށް ރުއް ނަގާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ބަނޑިދޫގައި ހިންގާ މަގު ހެދުމުގެ މަޝްރޫއު ހިންގުމަށް ގިނަ އަދަދެއްގެ ރުއް ނަގާ މައްސަލަ ފެން މަތިވެފައި ވަނިކޮށް ގަވާއިދާ ހިލާފަށް އެ ރަށުން ރުއް ނަގާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ބަނޑިދޫގެ މަގުހެދުމަށް ރުއް ނަގާ މައްސަލަ ފެންމަތިވުމުން އީޕީއޭ އިން ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބުނީ އެކަމާ ގުޅިގެން ހެދި އީއައިއޭ މިހާރު ދިރާސާ ކުރަމުންދާ ކަމަށާއި ނަަމަވެސް މައްސަލައިގައި އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ބަނޑިދޫން ރުއްގަސް ނަގާ މައްސަލަ ފެންމަތިވެފައިވާއިރު މީގެ ކުރިން އެއަތޮޅު ރިނބުދޫ ކައުންސިލުން ހިންގި ޕްރޮޖެކްޓަކަށް އެރަށުން ރުއްގަސް ނެގި މައްސަލައެއްގައި އެ ރަށު ކައުންސިލް ވަނީ 250,000 ރުފިޔާއިން ޖޫރީމަނާކޮށްފައެވެ.

ބަނޑިދޫގައި 15 މަގެއް ހެދުމަށް ތަން ސާފުކުރުމާއި މަގު އެއްވަރު ކުރުމުގެ މަސައްކަތް ސަން ޓްރެވަލްސް އިން ކުރަމުންދާއިރު އެ ރަށުން ނަގާ ރުއްތައް އަލުވިފުށި ރިސޯޓަށް ގެންދާތީ އެރަށުގެ ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް