ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 16:57
ނިހާން ގޭ ބަންދަށް ބަދަލު ކުރުމުން، އޭނާގެ އާއިލާއިން މަރުހަބާ ކިއުމަށް ބޭއްވި ހަފްލާގެ ތެރެއިން
ނިހާން ގޭ ބަންދަށް ބަދަލު ކުރުމުން، އޭނާގެ އާއިލާއިން މަރުހަބާ ކިއުމަށް ބޭއްވި ހަފްލާގެ ތެރެއިން
ރާއްޖެ އެމްވީ
ކްރިމިނަލް ކޯޓު
ނިހާން 17 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ބާތިލުކޮށްފި
ނިހާނަށް ކުށް ސާބިތު ކުރީ ހައްގު ހަނިވާ ގޮތަށް: ހައި ކޯޓް

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބުދުﷲ ޔާމީން ހައްޔަރު ކުރަން އުޅުނު މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 17 އަހަރަށް ޖަލަށްލާފައިވާ އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނަށް ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފިއެވެ.

ނިހާން މިނިވަންވެފައި ވަނީ ތިން އަހަރު ދުވަސް ޖަލުގައި ހޭދަ ކުރެއްވުމަށްފަހުއެވެ.

ގާޒީ ނިހާންގެ މައްޗަށް ކުށް ސާބިތުވެ، 17 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. 

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ނިހާންގެ މައްޗަށް ސާބިތުވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ދަންވަރު އާންމު އުސޫލުތާ ހިލާފަށް ކޯޓު ހުޅުވައިގެން ކަމާ ނުބެހޭ މީހުން ކޯޓަށް ވައްދައި، ކުރީގެ ޕީޖީ މުހުތާޒު މުހުސިނާ އެކު އެ ކޯޓުގެ ލެޕްޓޮޕް ކައިރީ އިންނެވިކަން ހެކީންގެ ހެކިބަހުން އެނގެން އޮތުމުންނެވެ.

ނިހާނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލު ކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެއެވެ. އެ ހުކުމަކީ އަސާސީ ހައްގުތަކަށާއި ކުށުން ބަރީއަވުމަށް ޝަރީއަތުން ލިބިދޭންޖެހޭ ހައްގު ހަނިވާ ގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ ގޮތަށް ކަނޑައަޅާފައި ވަނީ މައްސަލަ ބެލި ހައި ކޯޓުގެ ތިން ފަނޑިޔާރުގެ އިއްތިފާގުންނެވެ.

ހައި ކޯޓުން ކުރި ހުކުމުގައި އިތުރަށް ބުނެފައި ވަނީ ރައީސް ޔާމީން ހައްޔަރު ކުރުމަށް ނެރުނު ކަމަށް ބުނާ އަމުރުގައި ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަވެފައި ނެތް ކަމަށާއި ރައީސް ޔާމީން ހައްޔަރު ކުރުމަށް ބަޔަކު އުޅެފައި ނުވާ ކަމަށެވެ. އަދި ނިހާންގެ މައްޗަށް ކުރި ތުހުމަތު ކަމަށްވާ ރައީސް ޔާމީން ހައްޔަރު ކުރުމާއި އެކަމުގައި ބައިވެރިވި ކަމަށް ބުނާ މިންވަރުގެ ޝައްކެއް ނެތި ޝަރީއަތަށް ދައުލަތުން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް