ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 16:51
ެއޭސީޕީ ޖަމްޝީދާއި، އަހްމަދު މުހައްމަދު
ެއޭސީޕީ ޖަމްޝީދާއި، އަހްމަދު މުހައްމަދު
ގޫގުލް
ފުލުހުންގެ ހިދުމަތް
އޭސީޕީ ޖަމްޝީދާއި، ކްރައިމް ޑިޕާޓްމަންޓްގެ މުހައްމަދު މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފި
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ޑިޕާޓްމަންޓް ވެސް އިސްވެ ބަލަހައްޓަވާނީ އާ ސަރުކާރުގައި އެސިސްޓެންޓް ކޮމިޝަނަރަކަށް ޕްރޮމޯޓް ކުރެވުނު އަބްދުލް މަންނާން ޔޫސުފް

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި ކްރައިމް ކޮމާންޑްގެ އަހްމަދު މުހައްމަދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ލިބިއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމްޝީދު ބަހަލައްޓަވަމުން ގެންދެވި އިންޓެލް ޑިޕާޓްމަންޓް އަދި މުހައްމަދު ބަލަހައްޓަވަމުން ގެންދެވި ކްރައިމް ކޮމާންޑުން އެ ދެބޭފުޅުން ވަނީ ވަކިކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެ ދެ ބޭފުޅުން ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރީޖަނަލް އޮޕަރޭޝަންސް ކޮމާންޑްގަ އެވެ.

އޭސީޕީ ޖަމްޝީދާއި، މުހައްމަދު މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވޭތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އެތެރޭގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއި ގުޅޭ ގޮތުން މީޑިޔާގައި މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ. ޖަމްޝީދާއި މުހައްމަދު މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރެވުނީ އެތެރޭގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކެއްގެ ސަބަބުން އެކަނިތޯ، ރާއްޖެ އެމްވީން ސުވާލު ކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެކަމަށް އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމްޝީދާއި، މުހައްމަދު ބަލަހައްޓަވަމުން ގެންދެވި ޑިޕާޓްމަންޓްތައް ވަގުތީ ގޮތުން ހިންގާނީ އެ ބޭފުޅުންގެ ދަށުން މަސައްކަތް ކުރެއްވި ސީނިއާ އޮފިސަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ޑިޕާޓްމަންޓް ވެސް އިސްވެ ބަލަހައްޓަވާނީ އާ ސަރުކާރުގައި އެސިސްޓެންޓް ކޮމިޝަނަރަކަށް ޕްރޮމޯޓް ކުރެވުނު އަބްދުލް މަންނާން ޔޫސުފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް