ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 19:18
ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާމަނިކް
ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާމަނިކް
މުހައްމަދު ޝަރުހާން
ރާއްޖެ-ޗައިނާ
ޗައިނާ އަށް ބަދު ބަސް ބުނުން ރަނގަޅެއް ނޫން: މޫސާ މަނިކު
ރާއްޖޭގެ ފަތުރު ވެރިކަމުގެ %45 އިންސައްތަ ޗައިނާގެ ފަތުރުވެރިން ހިއްސާ ކުރޭ
ޗައިނާއަށް ބަދު ބަސް ބުނުން ރަނގަޅެއް ނޫން

ސިޔާސީ މީހުން ހިތް ހަމަ ނު ޖެހިގެން ކުރާ ޒުވާބުގައި ޗައިނާ އަށް ބަދު ބަސް ބުނުން ރަނގަޅު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މޫސާ މަނިކު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށްބޮޑަށް އެހީވާ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރު ވެރިކަމުގެ %45 އިންސައްތަ ޗައިނާގެ ފަތުރުވެރިން ހިއްސާ ކުރާ ކަމަށްވެސް މޫސަ ވިދާޅުވެފައިވެއެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކުން ހިތް ހަމަ ނު ޖެހިގެން ކުރާ ޒުވާބުގައި ޗައިނާ އަށް ބަދު ބަސް ބުނުން ރަނގަޅު ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާލާއިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް އިތުރުވެ ރާއްޖެއަށް 993.5 މިލިއަން ޑޮލަރު (15.3 ބިލިޔަން ރުފިޔާ) ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަނީ ލަފާކޮށްފައެވެ. 

ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާފައިވާ ބްރިޖްގެ މަސައްކަތެވެ. އެގޮތުން  ބްރިޖްގެ މަސައްކަތުގައި 1،000 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތެރި ވެފައިވާއިރު ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވެފައިވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ. 

މީގެ އިތުރުންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ އައުމުގެ ކުރިން، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 އަދި 2013 ގައި ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި ޕްރޮމޯޓްކޮށް، ގިނަ ޕްރޮޖެކްޓުތައް ރާއްޖެ ގެނެއުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް