ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 18:04
ރައީސް ނަޝީދު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި އެކު
ރައީސް ނަޝީދު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި އެކު
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރާނަން: ރައީސް ނަޝީދު
އެމްޑީޕީގެ ހުރިހާ މެމްބަރުންގެ އުއްމީދަކަށް ވާނީ ވީހާ ގިނަ ގޮނޑިއަކަށް އެމްޑީޕީ ތާއީދުކުރުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑިޕީ އިން އެކަށީގެންވާ ކާމިޔާބެއް ހޯދައި، ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އެމްޑީޕީއަށް ސޮއިކުރެއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކަށީގެންވާ ކާމިޔާބެއް ހޯދާނެ ކަމަށާއި، އެ ކާމިޔާބުގެ އަލީގައި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވުމަށް ތިއްބަވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ  އެކަށީގެންވާ ކާމީޔާބެއް ހޯދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގައި އެމްޑީޕީ ވަނީ ގުޅިފައިވާ ޕާޓީތަކާއި އެކު އިއްތިހާދުވެފައި ކަމަށާއި، ވަކި ގޮނޑިތަކެއްގައި ޕާޓީތަކުގައި ވާދަކުރާނީ ކޮން ޕާޓީތަކަކުންތޯ އުފެދޭ ސުވާލަށް އަދި ޖަވާބެއް ހޯދިފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ ނިންމުންތައް ނިމިފައި ނުވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއަށް ފަހު ގިނަ ޕާޓީތައް އެކުލެވޭ އިންތިޚާބު ތަކުގައި އެމްޑީޕީ ވަނީ ހުރިހާ ގޮނޑިތަކަަކަށް އަބަދު ވެސް ވާދަކޮށްފައި ކަމަށާއި، މިހާރު ވެސް އެމްޑީޕީގެ ހުރިހާ މެމްބަރުންގެ އުއްމީދަކަށް ވާނީ އަނެއްކާ ވެސް ވީހާ ގިނަ ގޮނޑިއަކަށް އެމްޑީޕީ ތާއީދުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ވަގުތު ހުއްޓި މިތިބީ ހަތަރު އަނގޮޅީގައި. ޕާޓީ އެންމެ ބޮޑަށް މަޝްވަރާ ކުރަމުން ފިކުރު ހިންގަމުން މި ދަނީ ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީ ބައިވެރިވާނެ ގޮތާއި ގުޅޭ ގޮތުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ބޭނުންވާ މީހުންނަށް ޓިކެޓް ލިބޭނީ ޕްރައިމަރީއަކާއި އެކު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އެމްޑީޕީ އާއި ގުޅިވަޑައިގެންނެވި އިރު، އޭނާއަށް ވެސް ޓިކެޓް ލިބިވަޑައިގަންނަވާނީ ޕްރައިމަރީ އަކަށްފަހު ކަމަށެވެ. އަދި މުހައްމާ އެކަމަށް އެއްބަސްވެ ވަޑައިގެންފައި ވާތީ، އެކަމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހި ވަޑައިގަތުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް