ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 12:47
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
މުހައްމަދު ފަޒީން
ހަސަން ލަތީފް
ސީދާ ރައީސް ޔާމީނަށް ތުހުމަތު ކުރެވިގެން ހުށަހަޅާފައިވާ ބޮޑެތި މައްސަލަތައް ބައްލަވައި ދެއްވާ: ހަސަން ލަތީފް
އެމްޑީީޕީންވެސް ވާނީ ގިނަ މައްސަލަތަކެއް ހުށަހަޅާފައި
ލަސްނުކޮށް އެމައްސަލަތައް ބެލެން ޖެހޭ
ހަސަން ލަތީފް މިހެން ގޮވާލާފައިވަނީ ހޯމް މިނިސްޓަރަށް ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި

ސީދާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ތުހުމަތު ކުރެވިގެން ފައިސާގެ ބޮޑެތި މައްސަލަތަކެއް ހުށަހަޅާފައި ވާނޭ ކަމަށާއި އެމައްސަލަތައް ބައްލަވައިދެއްވުމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

ހަސަން ލަތީފް އަންގާރަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސީދާ ރައީސް ޔާމީންއަށް ތުހުމަތު ކުރެވޭ ބޮޑެތި އަދަދުތަކުގެ ފައިސާގެ ގިނަ މައްސަލަތަކެއް އެމްޑީޕީން ފުލުހުންނަށް އެކިފަހަރު މަތިން ހުށަހަޅާފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ޓެގް ކުރައްވާ ހަސަން ލަތީފް ކުރެއްވި މި ޓްވީޓުގައި ވިދާޅުވެފައިވަނީ ލަސްނުކޮށް އެމައްސަލަތައް ބެލެން ޖެހޭ ކަމަށެވެ.

ހަސަން ލަތީފް މިހެން ވިދާޅުވިއިރު ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ދައުލަތުން ގެއްލިފައިވާ ފައިސާއާއި ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުންވެފައިވާ ޚިޔާނާތުގެ މައްސަލަތައް ތަޙުޤީގު ކުރުމަށް ހާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވައިފައެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ މި ކޮމިޝަނުގައި ޖުމްލަ 5 މެމްބަރުން ހިމެނެއެވެ. އޭގެތެރޭގައި އަޙްމަދު އަސްޢަދުއާއި، ޢާޞް ޢަބްދުﷲ އާއި، ނަދީމް އިބްރާހީމްއާއި، ޢާއިޝަތު ޙަނާ ވަޙީދު އަދި ފާޠިމަތު ސަރީރާ ޢަލީ ޝަރީފު ހިމެނިވަޑައިގަންނަވައެވެ.

މި ކޮމިޝަނުގެ ރައީސެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަޙްމަދު އަސްޢަދުއެވެ.

މި ކޮމިޝަނަކީ މައްސަލަތަކާއި ގުޅިގެން ތަޙުޤީގީ އިދާރާތަކުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާނެ ކޮމިޝަނެކެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގާވެސް ރައީސް ޔާމީނަށް ވަނީ ތުހުމަތުގެ އިނގިލި ދިއްކުރެވިފައެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް، އެމައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ އެއް މިލިއަން ޑޮލަރުވެސް ވަނީ ޖަމާކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް