ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 09:33
ރައީސް ސޯލިހް އައިޖީއެމްއެޗްގައި
ރައީސް ސޯލިހް އައިޖީއެމްއެޗްގައި
މުހައްމަދު ޝަރުހާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް
ރައީސް ސޯލިހް އައިޖީއެމްއެޗް އަަށް ޒިޔާރަތްކުރައްވައި ބަލިމީހުންގެ ހާލު ބައްލަވައިފި
އެމަނިކުފާނު އައިޖީއެމްއެޗަށް ޒިޔާރަތް ކުރެއްވީ ރޭ އިރާކޮޅުގެ ވަގުތެއްގައި
ބަލި މީހުންގެ އާއިލާތަކާ ވެސް ބައްދަލު ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ބަލިމީހުންގެ ހާލު ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނު ހޮސްޕިޓަލަށް ވަޑައިގަންނަވާފައި ވަނީ އަންގާރަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

ރައީސް ސޯލިޙް އައިޖީއެމްއެޗްގައި

ރައީސް ސޯލިހް އައިޖީއެމްއެޗަށް ވަޑައިގެން އެތަނުގައި އެނދުމަތި ކުރެވިގެން ފަރުވާ ދެމުންދާ މީހުންނާއި އެހެނިހެން ބަލިމީހުންނާ ބައްދަލު ކުރައްވާ އެފަރާތްތަކުގެ ހާލު އަހުވާލު އޮޅުންފިލުއްވިއެވެ. އަދި ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކަށް އެމަނިކުފާނު ވަނީ ހިތްވަރު ދެއްވައި ހެޔޮ އެދިވަޑައިގަންނަވާފައެވެ.

ރައީސް ސޯލިޙް އައިޖީއެމްއެޗްގައި

އެމަނިކުފާނު އައިޖީއެމްއެޗްގައި ތިބި ބަލިމީހުންގެ ގާތަށް ޒިޔާރަށް ކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވިތާ 3 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް