ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 19:00
ބީއެމްއެލްގެ ވިލިނގިލި ބްރާންޗު
ބީއެމްއެލްގެ ވިލިނގިލި ބްރާންޗު
ފޯ ސްކެއާ
ގއ ވިލިނގިލި
ވިލިނގިލި ބޭންކް ފަޅާލި މައްސަލާގައި ހައްޔަރުކުރި ހަތް މީހެއްގެ މުއްދަތު ޖަހައިފި
މިމައްސަލައާ ގުޅުންހުރި 11 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައި
ފައިސާތައް ހޯދައިފައި ވަނީ ފަޅު ގެއެއްގެ ތެރޭގައި ހުރި ދޮންނަ މެޝިންއެއްގެ ތެރެއިން

ގއ. ވިލިނގިލިގައި ހުންނަ ބީއެމްއެލްގެ ބްރާންޗުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ ހޯދައި، މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި 7 މީހެއްގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ ފަސް މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށާއި، ދެ މީހެއްގެ ބައްދަށް ހަތް ދުވަސް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށެވެ. އަދި މުއްދަތު ނުޖަހާ ވަނީ މިމައްސަލާގައި އަންގާރަ ދުވަހު ހައްޔަރުކުރި ހަތަރު މީހުންނެވެ. މިމީހުންގެ ތެރޭގައި ބިދޭސީ އަކު ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރަށް ފުލުހުން ބުނީ ފަޅު ގޯއްޗެއް ބަލާފާސްކުރުމުގެ ތެރޭގައި މިމައްސަލަ އާއި ގުޅުންހުރި ގޭސްކަޓަރެއް ވެސް ފެނިފައިވާ ކަމަށެވެ.

ވިލިނގިލީގެ ބީއެމްއެލް ބްރާންޗުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާތައް ފުލުހުން ހޯދައިފައި ވަނީ އެރަށު ފަޅު ގެއެއްގެ ތެރޭގައި ހުރި ދޮންނަ މެޝިންއެއްގެ ތެރެއިންނެވެ. މީގެ ތެރޭގައި ދިވެހި ފައިސާ އާއި ބޭރު ފައިސާ ވެސް ހިމެނެއެވެ. ވަގަށް ނެގީ ޖުމްލަ ކިހާ އަދަދެއްގެ ފައިސާ އެއްތޯ ބޭންކުން ވެސް އަދި ފުލުހުން ވެސް ކަށަވަރެއް ނު ކޮށްދެއެވެ.

ބީއެމްއެލްގެ ވިލިނގިލި ބްރާންޗުން ވައްކަންކޮށްފައިވަނީ ފުރާޅު ހަލާކުކޮށްލައިގެން އެތަނަށް ވަދެއެވެ.

ފުލުހުންގެ ތަހުގީގު ނިމެންދެން ބޭންކުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. އަދި ފުލުހުން ބަލަންޖެހޭ ކަންކަން ބަލާ ނިމުމުން އަލުން ހިދުމަތް ދޭން ފަށާނެ ކަމަށް ބީއެމްއެލް އިން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް