ކ. މާލެ
|
20 ނޮވެންބަރ 2018 | އަންގާރަ 17:59
ފަރަށް އެރި ސަފާރީ - މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވޭ
ފަރަށް އެރި ސަފާރީ - މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވޭ
ޓްވިޓަރ
ކަނޑުމަތީގެ ހާދިސާ
ދަރަވަންދޫ ނެރުމައްޗަށް އެރި ސަފާރީ އަކަށް އެމްއެންޑިއެފުން އެހީތެރިކަން ފޯރުކޮށްދީފި
އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވޭ

ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރި ބްލޫ ލެގޫން ނަމަކަށް ކިޔާ ސަފާރީއެއް ނެރުމައްޗަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޖުމްލަ ހަތާވީސް މީހުން ދަތުރުކުރި ސަފާރީ  ބ. ދަރަވަންދޫ ނެރުމައްޗަށް އެރި ކަމުގެ މައުލޫމާތު ލިބުމާއި އެކު އެމްއެންޑީއެފްގެ ނޮދަން އޭރިޔާގެ ކޮސްޓް ގާޑް ހަރައްކާތެރިވެ މީހުން ސަލަމަތް ކޮށްފައިވާ ކަމަށް އެމްއެންޑިއެފް އިން މައުލޫމާތުދޭއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވޭއެވެ.

ސަފާރި ފުންކުރުމުގެ މަސައްކަތް ވެރިފަރާތުން ކުރަމުންދާކަމަށާއި މީގެ އިތުރުން ވެރިފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންވެސް އެ އިދާރާއިން ބުނެ އެވެ. 

އޭގެއިތުރުން ސ. ހިތަދޫ ކައުޝަރު ކިޔާ ގެއެއްގައި ހުރި ޓިނު ބަދިގެއްގައި މިއަދު ހެނދުނު 06:03 ހާއިރު ހިނގި އަލފާނުގެ ހާދިސާގައި ބަދިގެޔަށް ބޮޑެތި ގެއްލުންތަކެއްލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިޔާގެ ފަޔާސްޓޭޝަނުން އަލިފާން ގަނޑު ނިއްވާލާފައި ވަނީ 06:28 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް އިން ބުނޭއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް