ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 19:42
ބީއެމްއެލްގެ ވިލިނގިލި ބްރާންޗު
ބީއެމްއެލްގެ ވިލިނގިލި ބްރާންޗު
ފޯ ސްކެއާ
ިވިލިނގިލި ބީއެމްއެލް
ވިލިނގިލީގެ ބޭންކް ފަޅާލައި ނެގި ފައިސާތަކެއް ހޯދައި އިތުރު ބަޔަކު ހައްޔަރު ކޮށްފި
ފައިސާތައް ހޯދައިފައި ވަނީ ފަޅު ގެއެއްގެ ތެރޭގައި ހުރި ދޮންނަ މެޝިންއެއްގެ ތެރެއިން
މައްސަލަ އާއި ގުޅިގެން ޖުމްލަ އަށް މީހަކު ވަނީ ހައްޔަރު ކޮށްފަ

ގއ. ވިލިނގިިލީގައި ހުންނަ ބީއެމްއެލްގެ ބްރާންޗުން ވަގަށް ނެގި 14 މިލިއަން ރުފިޔާ ހޯދައި، މައްސަލަ އާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މައުލޫމާތުލިބޭ ގޮތުގައި މި ފައިސާތައް ފުލުހުން ހޯދައިފައި ވަނީ އެ ރަށުގެ ފަޅު ގެއެއްގެ ތެރޭގައި ހުރި ދޮންނަ މެޝިންއެއްގެ ތެރެއިންނެވެ. މީގެ ތެރޭގައި ދިވެހި ފައިސާ އާއި ބޭރު ފައިސާ ވެސް ހިމެނެއެވެ. ވަގަށް ނެގީ ޖުމްލަ ކިހާ އަދަދެއްގެ ފައިސާއެއްތޯ ބޭންކުން ވެސް އަދި ފުލުހުން ވެސް ކަށަވަރެއް ނުކޮށްދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ކުރިން މައުލޫމާތު ދިން ގޮތުގައި ބީއެމްއެލްގެ ވިލިނގިލީ ބްރާންޗުން ވައްކަންކޮށްފައި ވަނީ ފުރާޅު ހަލާކުކޮށްލައިގެން އެތަނަށް ވަދެކަމަށެވެ. އަދި ވައްކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. 

ފުލުހުންގެ ތަހުގީގު ނިމެންދެން ބޭންކުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. އަދި ފުލުހުން ބަލަންޖެހޭ ކަންކަން ބަލާ ނިމުމުން އަލުން ހިދުމަތް ދޭން ފަށާނެ ކަމަށް ބީއެމްއެލް އިން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް