ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 19:30
ކެބިނެޓްގެ ބައްދަލުވުމެއް
ކެބިނެޓްގެ ބައްދަލުވުމެއް
ރައީސް އޮފީސް
އދ - ރާއްޖެ
ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
ރާއްޖޭގެ އައު ކެބިނެޓުގައި 32 ޕަސެންޓް ހިމެނެނީ އަންހެނުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާފައިވާ ކެބިނެޓުގައި އަންހެނުންގެ ބައިވެރިވުން ގިނަވުމުން އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޯޑާ އެކަމަށް ތައުރީފް ކުރައްވައިފިއެވެ.

އަންހެނުން ބާރުވެރިކުރުމުން ކުރިހޯދައިފާވަކަން ފާހަގަކޮށް ޝޯކޯ ނާޑާ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އައު ކެބިނެޓުގައި 32 ޕަރސެންޓް ހިމެނެނީ އަންހެނުން ކަމަށާއި، ދުނިޔޭގެ ނިސްބަތުން ބަލާއިރު 35-30 ޕަސެންޓް އަންހެނުން ހިމެނެނީ ޖުމްލަ 10 ގައުމެއްގައި ކަމަށެވެ. އަދި ކެބިނެޓްގައި ޖިންސީ ހަމަހަމަކަން ގާއިމްކޮށްފައިވަނީ އެންމެ 6 ގައުމެއްގައި ކަމަށް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ކެބިނެޓްގައި ހިމެނޭ އަންހެން މިނިސްޓަރުންނަކީ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ، އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް