ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 18:38
މި ދިއަ އަހަރު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
މި ދިއަ އަހަރު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ބަޖެޓް ކޮމެޓީ
ބަޖެޓް ކޮމެޓީއަށް ދައުލަތުގެ ފަސް އިދާރާ އެއް ހާޒިރު ކުރަނީ!
ހާޒިރު ކުރަނީ އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސާރވިސް ކޮމިޝަން
އަދި ނޭޝަނަލް ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވާރސިޓީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ކޮމެޓީ އޮތީ މިރޭ 20:30 ގައި

ބަޖެޓް ދިރާސާ ކުރާ ކޮމެޓީ އަށް ދައުލަތުގެ ފަސް އިދާރާ އެއް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރަމުން ގެންދާ ކޮމެޓީން އެގޮތަށް ފާސްކުރީ އަންގާރަ ދުވަހު ހެނދުނު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގަ އެވެ. އެ ފަސް އިދާރާ ހާޒިރު ކުރަނީ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ބާއްވާ ބައްދަލުވުމަށެވެ. 

ބަޖެޓް ދިރާސާކުރާ ކޮމެޓީން އަންގާރަ ދުވަހު ބާއްވާ ބައްދަލުވުމަށް ހާޒިރު ކުރަނީ އިލެކްޝަންސް ކޮމިޝަނާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ އާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އާއި ސިވިލް ސަރވިސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ. 

ބަޖެޓް ދިރާސާކުރާ ކޮމެޓީ އަށް އެ އިދާރާތަކުގެ ވެރިން ހާޒިރު ކުރަނީ، އެއިދާރާ ތަކުގެ ބަޖެޓާ ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު މައިގަނޑު ގޮތެއްގައި އެންމެ ބޮޑު މަސައްކަތެއް ކުރަމުން ގެންދަނީ ކުރިއަށް އޮންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. 

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

ބަޖެޓްގެ ޚަރަދުގެ ގޮތުގައި 26.7 ބިލިއަން ރުފިޔާ ހިމެނޭ އިރު، ލޯނު ދެއްކުމަށް 2.9 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި 23 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ހިނގަމުން މިދާ އަހަރަށް ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް