ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 06:52
އާލިއާ އާއި ރަންބީރު
އާލިއާ އާއި ރަންބީރު
ހިންދުސްތާނީ ޓައިމްސް
ެއާލިއާ ބަޓް
އަހަންނަށް އަދި 25 އަހަރު، ކައިވެނިކުރަން އަދި މާ އަވަސް: އާލިއާ
އަންނަ އަހަރު ތެރޭގައި އާލިއާ ކައިވެނި ކުރާނެކަމަށް ރިޕޯޓްތައް ބުނޭ

އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ރައްޓެހިވެގެން އުޅޭތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު ރާޒީގެ ކާމިޔާބީއާއި އެކު މިހާރު ޝޫޓްކުރަމުންދަނީ ބޮލީވުޑްގެ ފިލްމު ކަލަންކް އަދި ބްރަހްމަސްތްރާއެވެ.

އޭނާ ފިލްމު ކުޅެންފެށިތާ އަދި ވީ ހަވަރަކަށް އަހަރެވެ. އެ ހަ އަހަރު ދުވަހުގެ ތެރޭގައި އޭނާ ކުޅެފައިވާ ފިލްމުތައް މަގުބޫލެވެ. އިންސްޓަރގްރާމުގައި 25 މިލިއަން ފޮލޯވަރުން މިވަގުތު ތިބި އާލިއާ ވަނީ އިންސްޓަރގްރާމުގައި އޭނާގެ ފޭނުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދީފައެވެ. އާލިއާ ކައިރިން އޭނާ ކައިވެނިކުރާނީ ކޮން ދުވަހަކުންތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ކައިވެނި ކުރަން އަދި މާ އަވަސްކަމަށާއި އޭނާއަށް އަދިވީ 25 އަހަރުކަމަށެވެ.

އާލިއާ އޭނާ ކައިވެނިކުރަން އަވަސްކަމަށް ބުނި ކަމުގައިވިއަސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާއާއި ރަންބީރު އަންނަ އަހަރު ތެރޭގައި ކައިވެނި ކުރާނެއެވެ.

އެދެމީހުންގެ ގުޅުން ބަދަހިވެފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި ފިލްމެއްގެ ޝޫޓިންއަށް ބަލްގޭރިއާއަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށް ކަމަށް މީގެ ކުރިން މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ. އާލިއާ އަދި ރަންބީރު ވެސް ވަނީ އެދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަމަށް އެއްބަސް ވެސް ވެފައެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް