ކ. މާލެ
|
20 ނޮވެންބަރ 2018 | އަންގާރަ 06:46
ގއ. ވިލިނގިލި - އެ ރަށުން ހަ މީހަކު ހައްޔަރުކޮށްފައިވޭ
ގއ. ވިލިނގިލި - އެ ރަށުން ހަ މީހަކު ހައްޔަރުކޮށްފައިވޭ
ގޫގުލް
ވައްކަންކުރުން
ވިލިނގިލި ބީއެމްއެލް ބްރާންޗުން ވައްކަން ކުރި މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފި
ވައްކަންކޮށްފައިވަނީ ފުރާޅު ހަލާކުކޮށްލައިގެން އެތަށްވަދެ

ބޭންކް އޮފް މޯލްޑިވްސްގެ ގއ. ވިލިނގިލި ބްރާންޗުން ވައްކަންކުރި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބީއެމްއެލްގެ ވިލިނގިލި ބްރާންޗުން ވައްކަންކޮށްފައިވަނީ ފުރާޅު ހަލާކުކޮށްލައިގެން އެތަށްވަދެކަމަށެވެ. އަދި އެ ބްރާންޗުން ގިިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އެ މައްސަލާގައި ފުލުހުންގެ އިންޓަލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވައްކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތަފްސީލެއް ހާމަނުކޮށް، އޮފިޝަލް ވިދާޅުވީ އެންމެވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. 

އެ މީހުން ހައްޔަރުކޮށް، ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް