ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 20:49
ޓެޕްލިޒް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިޙަށް އަރުވަނީ
ޓެޕްލިޒް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިޙަށް އަރުވަނީ
ރައީސް އޮފީސް
އެމެރިކާ ސަފީރު
އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތައް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ސާފު ވެގެން ދާނެ: އެމެރިކާ ސަފީރު
އިންޑިއާ-ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ދިވެހިރާއްޖެ އާއި އެމެރިކާގެ ވެސް މަސްލަހަތު ހިމެނޭ

އިންޑިއާ-ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ދިވެހިރާއްޖެ އާއި އެމެރިކާގެ ވެސް މަސްލަހަތު ހިމެނޭކަމަށާއި، އެކަންކަމުގައި ގުޅިގެން ކުރިއަށް އޮތް ތަނުގައި ދެޤައުމުން  ވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެމެރިކާ އިން ރާއްޖެ އަށާއި ސިލޯނަށް ކަނޑައެޅި އައު ސަފީރު އެލައިނާ ޓެޕްލީޒް ވިދާޅުވެއްޖެއެވެ.

ރާއްޖެ.އެމްވީ އަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއު އެއްގައި ސަފީރު ޓެޕްލިޒް ވިދާޅުވީ އިންޑޯޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އިޤްތިޞާދީ ކަންކަމުގައި ވެސް ގުޅިގެން ދެޤައުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެމެރިކާ އިން އެހީވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އަދި ރާއްޖެ އަށް އެމެރިކާގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދޭނެ ދާއިރާތައް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ސާފުވެގެން ދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސަފީރު ޓެޕްލިޒް ރާއްޖެ އަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. އަދި ރައީސް ސޯލިޙް ހުވައި ކުރެއްވުމަށް ފަހު އެކަމަނާ ވަނީ ޖެހިގެން އައި ދުވަހު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެމަނިކުފާނަށް އަރުވާފައެވެ.

ރާއްޖެ އިން ފުރާވަޑައި ގެންނެވުމުގެ ކުރިން ސަފީރު ޓެޕްލިޒް ވިދާޅުވީ އެކަމަނާ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ އަށް ގިނަގިނައިން ވަޑައިގަންނަވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް