ކ. މާލެ
|
20 ނޮވެންބަރ 2018 | އަންގާރަ 23:43
މިނިސްޓަރް އޮފް ހޯމް އެފެއާސް އިމްރާން އަބްދުﷲ މިޑިއާ ކައުންސިލާއި ބައްދަލު ކުރެއްވަނީ
މިނިސްޓަރް އޮފް ހޯމް އެފެއާސް އިމްރާން އަބްދުﷲ މިޑިއާ ކައުންސިލާއި ބައްދަލު ކުރެއްވަނީ
ޓްވިޓަރ
ހޯމް މިނިސްޓަރު އިމްރާން
ހޯމް މިނިސްޓަރު މީޑިއާ ކައުންސިލާއި ބައްދަލުކުރައްވައިފި
މިއި މިނިސްޓަރ އިމްރާން މަޤާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މީޑިއާ ކައުންސިލާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރު

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް އިމްރާން އަބްދުﷲ މީޑިއާ ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީއާއި ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު އިމްރާން މިޑިއާ ކައުންސިލާއި ބައްދަލުކުރެއްވީ ހޯމަ ދުވަހު މިނިސްޓްރީގައެވެ.

ހޯމް މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން މީޑިއާ ކައުންސިލްގެ މެމްބަރުން ބައިވެރި ވަޑައިގެންނެވި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ޝައިޚް އިމްރާން މަޤާމާއި ހަވާލުވެވަޑައިގެން މީޑިއާ ކައުންސިލާއި ބައްދަލުކުރެއްވުމަށް އިސްކަން ދެއްވިއިރު، މި މީޑީއާއަށް ފަހި މާހައުލެއްގައި މަސައްކަތްކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ސޯލިހު ވަނީ މީޑިއާތަކަށް ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް