ކ. މާލެ
|
20 ނޮވެންބަރ 2018 | އަންގާރަ 18:27
މިނިސްޓަރުގެ ހައިސިއްޔަތުން މަހުލޫފް އެންމެ ފުރަތަމަ ބޭއްވެވި ބައްދަލުވުން
މިނިސްޓަރުގެ ހައިސިއްޔަތުން މަހުލޫފް އެންމެ ފުރަތަމަ ބޭއްވެވި ބައްދަލުވުން
މުހައްމަދު ޝަރުހާން
އަހުމަދު މަހުލޫފް
ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
މިއީ ވަޒީރެއްގެ ހައިސިއްޔަތުން ބޭއްވެވި ފުރަތަމަ ބައްދަލުވުން
މަސައްކަތު މީހުން ތައުރީފު ކުރެއްވި

ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ވަޒީރުގެ ހައިސިއްޔަތުން އެ ވުޒާރާގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ބައްދަލުކުރެއްވުމުގެ ބަދަލުގައި, ފުރަތަމަވެސް އެ މިނިސްޓްރީގެ މަސައްކަތު މީހުންނާއި އަހުމަދު މަހުލޫފު ބައްދަލު ކުރައްވައިފިއެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި އައްޔަން ކުރެއްވި ފަހުން ރަސްމީކޮށް މިނިސްޓްރީގެ ބަޔަކާއި މަހްލޫފް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޔޫތު މިނިސްޓަރީގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ފަރާތްތަކާއި ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ޔޫތު މިނިސްޓްރީގެ މެއިންޓެނަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ހީވާގި އެ މުވައްޒަފުންނަކީ އެ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތްކުރާނެ ސާފުތާހިރު މާހައުލެއް ކަށަވަރުކޮށްދިނުމުގެ ބުރަ މަސައްކަތް ކުރައްވާ ބައެއް ކަމަށެވެ.

ހުވާ ކުރެއްވުމަށްފަހު މަހުލޫފު ވިދާޅުވީ މަޤާމާއި ހަވާލުވެވަޑައިގެންނެވީ ހަމައެކަނި ވަޒީރުކަމުގެ ޓައި އަޅައިގެން ހުންނަވަން ނޫން ކަމަށެވެ. އަދި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ބޮޑު ބަދަލެއް ގެނައުމަށް ބޭނުންފުޅުވާ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދާއެކު ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް