ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 17:49
ޕީޖީ ބިޝާމަށް މަޤާމުގެ ފަތްކޮޅު އަރުވަނީ
ޕީޖީ ބިޝާމަށް މަޤާމުގެ ފަތްކޮޅު އަރުވަނީ
މުހައްމަދު ފަޒީން
ޕީޖީ ބިޝާމް
ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ)

ޕްރޮސިކިއުޓަރ ޖެނަރަލް އާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

ޕީޖީ ބިޝާމްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ. ޕީޖީގެ އިތުބާރުނެތްކަމުގެ މައްސަލަ އަބުޅޯ ހުށަހަޅުއްވާފައިވަނީ ފަސް ސަބަބެއް ބަޔާންކުުރުމަށްފަހުގައެވެ. 

އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެދިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު މެންބަރުންނަށް ތުހުމަތުކުރެވޭ ކަންކަން ބުނެދީފައި ނުވުމާއި ފުލުހުންގެ އިދާރާއިން އެދޭ ކޮންމެ ކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން ޕީޖީ ބިޝާމު އަމަލުކުރައްވާފައިވާ ކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ޕީޖީގެ އެދިވަޑައިގަތުމަކާ ނުލައި ބަންދުކޮށްފައި ބެހެއްޓިއިރު އެމައްސަލަ ބައްލަވާ އިޖުރައާތުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންގުމުގެ ގޮތުން ގާނޫނީ މަގުން ޕީޖީ ބިޝާމު އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަންވެސް ވަނީ ފާހަގަކުރައްވާފަ އެވެ. 

މީގެއިތުުރުން ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކުރިއިރު އެކަން ހުއްޓުވާ އެކަމުން މަނާވެގެންފައި ނުވުމާއި، ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރައާތުތައް ފުރިހަމަ ނުވެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީއަތް ކުރަމުންދިޔައިރު އެކަން ހުއްޓުވާފައި ނުވުމާއި ގާނޫނާ އެއްގޮތަށް އެކަން ކުުރުމަށް ބާރުއަޅާފައި ނުވާ މައްސަލަ ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަކީ މިނިވަން މަގާމެއް ކަމަށް ވާތީ، އެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ. 

ބަންޑާރަ ނާއިބުގެ މަގާމުވެސް ފުރުއްވާފައިވާ އައިޝަތު ބިސާމް ޕީޖީގެ މަގާމަށް އައްޔަންކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެކަމަނާ ޕީޖީ ކަމަށް އައްޔަންކުރީ އޭރު އެމަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރުމުންނެވެ. މުހުތާޒުގެ މައްޗަށް ފަހުން ވަނީ 17 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް