ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 12:25
ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ރައީސް ސޯލިހްއާ އެކު
ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ރައީސް ސޯލިހްއާ އެކު
ރައީސް އޮފީސް
ޢަލީ ޒާހިރު
ރައީސް ސޯލިހްގެ ވަޒީރުން ރައްޔިތުންގެ އުއްމީދުތައް ހަޤީގަތަކަށް ހައްދަވާނެ ކަމަށް ޔަޤީން ކުރަން: ޗީފް އޮފް ސްޓާފް
ވަޒީރުންނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވަން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނަށް ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ތަހުނިޔާ ދަންނަވައިފިއެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޢަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި ކެބިނެޓްގެ އެންމެހާ މެމްބަރުންނަށް ވަރަށް ހޫނު މަރުހަބާއަކާއި ތަހުނިޔާއެއް ދަންނަވާ ކަމަށެވެ.

ޢަލީ ޒާހިރު ވިދާޅުވީ އެ މެމްބަރުން ކުރެއްވި ހުވަޔާ އެއްގޮތަށް ތެދުވެރިކަމާ ވަފާތެރިކަމާ އެކު ޤައުމަށް ޚިދުމަތް ކުރައްވައި ރައްޔިތުންގެ އުއްމީދުތައް ހަޤީގަތަކަށް ހައްދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

އިސްލާހީ މަސައްކަތްތަކުގައި އަލީ ޒާހިރަކީ ބޮޑު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ޖަލަށްލުމާ އެކު ޕާޓީ ހިންގުމާއި އިސްލާޙީ މަސައްކަތުގައި އަދާލަތު ޕާޓީ ތަމްސީލް ކުރެއްވުމުގައި އަލީ ޒާހިރު ހުންނެވިއެވެ.

ވަޒީރުންގެ ފެންވަރުގައި ޗީފް އޮފް ސްޓާފްގެ މަޤާމަށް އަލީ ޒާހިރު އައްޔަން ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވައި ކުރެއްވި ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް