ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 18:54
ފަލަސްތީނުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ފަލަސްތީނުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ފޮރިން މިނިސްޓްރީ
އަބްދުﷲ ޝާހިދު
ޝާހިދުގެ ފުރަތަމަ ބައްދަލުކުރެއްވުން ފަލަސްތީނުގެ ޚާރިޖީ ވަޒީރާއިއެކު
ގިނަ އަދަދެއްގެ ޑިޕްލޮމެޓުންނާއެކު ޝާހިދު ބައްދަލުވުންތައް ބޭއްވެވި

އައު ސަރުކާރުގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު، ފަލަސްތީނުގެ ފޮރިންގ މިނިސްޓަރާއި ބައްދަލުކުރައްވައިފި އެވެ. އޭގެއިތުރުންވެސް ޝާހިދު ވަނީ ބޭރުގެ ގިނަ ޑިޕްލޮމެޓުންނާއި އާދިއްތަ ދުވަހު ބައްދަލުކުރައްވާފަ އެވެ. 

އަބްދުﷲ ޝަހިދު ފޮރިންގ މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ހޮނިހިރު ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައެވެ. މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުން ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިއާދު މާލިކީއާ އެކު ބޭއްވެވިއިރު، އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް، ފަލަސްތީނާއެކުގައި އޮންނާނެކަމުގެ ޔަޤީންކަން ޝާހިދު، ފަލަސްތީން ސަރުކާރަށް އަރުވައިފައިވެއެވެ. 

ފަލަސްތީނުގެ ފޮރިންގ މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމަށްފަހު އާދިއްތަ ދުވަހު ގިނަ ބައްދަލުވުންތަކެއް އަބްދުﷲ ޝާހިދު ކުރިއަށްގެންދަވާފައިވެއެވެ. އެގޮތުން އެމެރިކާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރާއެކު ބައްދަލުވުން ކުރިއަށްގެންދެވިއިރު، އެ ބައްދަލުވުމުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުންނާއި، ދެ ޤައުމުު އެކުގައި މަސައްކަތްކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ފޮރިންގ މިނިސްޓްރީން ބުނެ އެވެ. އަދި އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅެގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. 

އޭގެއިތުރުން ޖަޕާންގެ ސަރުކާރުން ރާއްޖެއަށް ފޮނުއްވި ހާއްސަ މަންދޫބާއިވެސް އަބްދުﷲ ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އޭގެއިތުރުން ސާބިއާ ސަރުކާރުގެ ހާއްސަ މަންދޫބާއި، ދެކުނު ކޮރެއާ އަދި ސިންގަޕޫރު ސަރުކާރުގެ އޮފިޝަލުންނާއިވެސް ޝާހިދު ވަނީ ވަޒީރުކަމުގެ ފުރަތަމަ ދުވަހު ބައްދަލުކުރައްވާފަ އެވެ. 

ޝާހިދަކީ ހާރިޒީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އައު ސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ޤައުމުތަކާއި އެކު އޮތް ގުޅުން ހަރުދަނާކޮށް، ބައިނަލްއަޤުވަމީ ދުނިޔޭގައި ބަސްވިކޭ ޤައުމަކަށް ހެދުން ހިމެނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް