ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 18:32
ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީއާއި ރައީސުލްޖުމްހޫރިއްޔާ ސޯލިޙް
ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީއާއި ރައީސުލްޖުމްހޫރިއްޔާ ސޯލިޙް
ޕްރެޒިޓެންޑް އިލެކްޓް
ރައީސުލްޖުމްހޫރިއްޔާ
ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރައީސް ސޯލިހް ހުވާކުރެއްވީ 17 ނޮވެމްބަރުގައި
އަފީފް އަކީ ސީޝެލްސްގެ ދިވެހި ދަރިކޮޅުގެ ވަޒީރެއް

ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުޙައްމަދު އަފީފް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމަށް އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތުގެ ދަޢުވަތު ގަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގެންނެވީތީ އަފީފަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި، ކެބިނެޓް ސެކްރެޓަރީ އަފީފް ވެސް ވަނީ މި ޚާއްޞަ ޝަރަފުވެރި ރަސްމިއްޔާތަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމާއި މަސްވެރިކަން އަދި ކުދި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާމެދު ގުޅިގެން މަސައްކަތްކުރެއްވުމާ ބެހޭގޮތުން ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީއާ މަޝްވަރާކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ނައިބްރައީސް ފައިސަލް ނަސީމް ހުވާ ކުރައްވާ ރަސްމިއްޔާތަށް 46 ގައުމެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް