ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 16:52
މިރޭ ބާއްވާ ބޮޑު ޖާފަތައް އެމްއާރުއެމްގެ ފަރާތުން ކެއުން ތައްޔާރުކުރަނީ
މިރޭ ބާއްވާ ބޮޑު ޖާފަތައް އެމްއާރުއެމްގެ ފަރާތުން ކެއުން ތައްޔާރުކުރަނީ
މުހައްމަދު ޝަރުހާން
ރައީސް ސޯލިހް
ހުރިހާ ރައްޔިތުންނަށް ދޭ ބޮޑު ޖާފަތް މިރޭ
ޖާފަތައް އާންމުންކޮން އެންމެނަށް އޮތީ ހުޅުވާލާފައި

އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވެވަޑައިގަތުމުގެ އުފަލުގައި ހުރިހާ ރައްޔިތުންނަށް ބާއްވާ ބޮޑު ޖާފަތް މިރޭ ބޭއްވުމަށް ސަރުކާރު ހިންގާ ކޯލިޝަނުން ހަމަ ޖައްސައިފި އެވެ.

ބޮޑު ޖާފަތް އޮންނާނީ މިރޭ 8:30 ގައި ބޮޑުތަކުރުފާނު މަގުގައި، އާރޓިފިޝަލް ބީޗް ސަރައްދުގައި އެވެ. އެންމެނަށް އާންމުކޮން ހުޅުވާލައިގެން ބާއްވާ މި ޖަފާތުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާ ގޮތައް ވަނީ ހަމަޖެހިފައި އެވެ. ޖުމްލަ 85 ދާއިރާގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ކެއުން ތައްޔާރުކުރަނީ ކޯލިޝަނުގައި ހިމެނޭ ފަރާތްތަކުން ބަހާލައިގެންނެވެ.

އެގޮތުން މައުމޫނު ރިފޯމް މޫމްމަންޓް(އެމްއާރުއެމް)އިން ކެއުން ތައްޔާރުކުރަނީ އެންދެރިމާގޭގައެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގޭގެ ގޯތިތެރޭގައި މި ކެއުން ތައްޔާރުކުރުމުގައި ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި ރައީސް މައުމޫނުގެ ބައެއް ދަރިކަލުންނާއި ދަނބިދަރިކަލުން އަމަލީ ގޮތުގައި ބައިވެރިވެވަޑައިގެންފައި އެވެ.

އެމްއާރުއެމްގައި އިސްކޮށް އުޅޭ އައިމިނަތު ނާދިރާ ވިދާޅުވީ ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމުން ލިބުނު އުފަލުގައި ރައްޔިތުންނަށް ދޭ ހާއްސަ ޖާފަތައް އެމްއާރުއެމްއިން ކެއުން ތައްޔާރުކުރަން ބޭނުންވީ އަމިއްލައަށް ކަމަށެވެ. މި ކެއުން ތައްޔާރު ކުރުމުގައި އެމްއާރުއެމްއަށް ނިސްބަތްވާ ބައެއް ވަޒީރުންވެސް އުޅުއްވި އެވެ. އަދި ބައެއް މީހުން ބުނީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމުން ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔަ ކަމަށާއި މި ސަރުކާރާ މެދު ކުރެވޭ އުއްމީދުތައް ވެސް ބޮޑު ކަމަށެވެ.

ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ރިޔާސީ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރުއެމް ހިމެނޭ ބޮޑު ކޯލިޝަނަކުން ކުރީގެ ރައީސް އަބްދުﷲ ޔާމިން ބަލިކުރެއްވުމަށްފަހު އެވެ.  

ސަރުކާރު ހިންގައި މައި ޕާޓީ، އެމްޑީޕީން ވަނީ ރައީސް ސޯލިހް ހުވާ ކުރެއްވުމުގެ އުފަލުގައި ބާއްވާ 'ޖަޒީރާ ޖާފަތަށް' ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ. ރައީސް ސޯލިހް ހުވަކުރެއްވުމާ ގުޅިގެން ރާއްޖެގެ އެކި ކަންކޮޅުތަކުގައި ދަނީ އުފާ ފާޅުކުރަމުންނެވެ . 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް