ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 18:42
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް އޮފީހުގައި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް އޮފީހުގައި
ރައީސް އޮފީސް
ރާއްޖެ - ސިންގަޕޫރު
ރައީސް ސޯލިހަށް، ސިންގަޕޫރުގެ ރައީސާ އާއި ބޮޑު ވަޒީރު މަރުހަބާ ވިދާޅުވެއްޖެ
ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށް ސިންގަޕޫރުގެ ރައީސް އަދި ބޮޑު ވަޒީރު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައިސް އިބްރާހިމް މުޙައްމަދު ސޯލިހް އަށް ސިންގަޕޫރުގެ ރައީސާ ހަލީމާ ފޮނުއްވެވި މަރުހަބާގެ ސިޓީފުޅުގައި ވިދާޅުވީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.   

ބޮޑު ވަޒީރު ލީ ޝެން ލޫންގް ރައީސް އިބޫ އަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވީ، އިބޫ ގެ ކާމިޔާބީ އަކީ ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާ ކަމެއް ކަމުގައެވެ. އަދި އިބޫގެ ވެރިކަމުގައި ދިވެހިރާއްޖެ ތަރައްގީ އާއި ކުރިއެރުމާއި ފުދުންތެރި ކަމުގެ އާ ހަރުފަތްތަކަށް އަރާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ހުވާކުރެއްވުމާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމު ތަކެއްގެ ވެރިންނާއި އިސް ބޭފުޅުން ދަނީ މަރުހަބާ ވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް