ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 14:03
ސިނަމާލެ ބްރިޖު
ސިނަމާލެ ބްރިޖު
މުހައްމަދު ޝަރުހާން
ސިނަމާލެ ބްރިޖު
ބްރިޖުގެ ދެކުނުފަޅި މިއަދު ވެސް ބަންދު ކުރަނީ
ބަންދު ކުރާނީ 3 އިން 4:30 އަށް
ދުވުމުގެ ހަރަކާތަށް މާލެއިން ހުޅުމާލެއަށް ކުރިއަށް ދާނެ

ސިނަމާލެ ބްރިޖުގެ ދެކުނުފަޅި މިއަދު ހަވީރު ބަންދުވާނެ ކަމަށް ފުލުހުން ވބުނެފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ ސިނަމާލެ ބްރިޖުގެ ދެކުނުފަޅި މިއަދު މެންދުރުފަހު 3:00 އިން ފެށިގެން ހަވީރު 4:30 އާ ހަމައަށް އާންމު އެއްގަމު ދަތުރު ފަތުރަށް ބަންދުވާނެ ކަމަށެވެ.

އެގޮތުން ބްރިޖުގެ އުތުރު ފަޅީގެ ދެލޭންގެ ތެރެއިން އެއްލޭން ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ އުޅަދުތަކަށް ޚާއްސަ ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވާއިރު، ސިނަމާލެ ބްރިޖުގެ ދެކުނު ފަޅި ބަންދު ކުރަނީ ރައީސުލްޖުންހުރިއްޔާ އިބްރާހިމް މުހައްދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ އުފާ ފާޅު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދުވުމުގެ ހަރަކާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ފުލުހުން ބުނީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ އެ ދުވުން މާލެއިން ފެށިގެން ހުޅުމާލެއަށް ދިއުމަށް ފަހު ދުވުން ނިއްމާލާނީ މާލެއަށެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހުރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތައް މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ވަނީ ބްރިޖާއި ބްރިޖާ ގުޅިފައިވާ ބޮޑުތަކުރުފާނު މަގުގެ ބައެއް ހިސާބުތަކާއި މަޖީދީ މަގުން ފެށިގެން ގަލޮޅު ދަނޑާ ހަމައަށް ބަންދު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
18 ނޮވެންބަރ 2018 | އާދީއްތަ 09:37
ޑީލަން
ތިޔޮތީ ވެރިކަމެއް ކުރެވިފަ