ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 12:08
މާލެޭ ފިހާރައެއްގެ އެތެރެ
މާލެޭ ފިހާރައެއްގެ އެތެރެ
ގޫގުލް
ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަސް
ހޮޓާތަކާއި ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަދެނީ
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ވަނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި، ސައި ހޮޓަލާއި، ރެސްޓޯރެންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައި

ހޮޓާތަކާއި ވިޔަފާރި ކުރާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްތުމުގެ ހުއްދަދިނުމަށް ހޮނިހިރު ދުވަހު ވެރިކަމާއި ހަވާލްވެ ވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފިއެވެ.

ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހުރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާތާ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 30 ދުވަހުގެ ތެރެގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު އާންމު ރައްޔިތުންނަށް ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެ އެވެ..

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވަނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި، ސައި ހޮޓަލާއި، ރެސްޓޯރެންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް އެ ހުއްދަ ބާތިލު ކުރެއްވީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ފަހި ގޮތްތަކެއް ހަމަޖެއްސުމަށް ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނަކާއި އެންޓިޓްރަސްޓް ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް