ކ. މާލެ
|
17 ނޮވެންބަރ 2018 | ހޮނިހިރު 23:28
ރައީސް އޮފީހުގެ މަޤާމުތަކަށް އައްޔަން ކުރި ބޭފުޅުން
ރައީސް އޮފީހުގެ މަޤާމުތަކަށް އައްޔަން ކުރި ބޭފުޅުން
ރައީސް އޮފީސް
މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރުން
ރައީސް އޮފީހުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފި
ޖުމްލަ ހަތް ބޭފުޅަކު ވަނީ އައްޔަން ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަތް މަޤާމަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ. 

މަޤާމްތަކަށް ޢައްޔަން ކުރެއްވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. 
 

އިބްރާހިމް މުހައްމަދު ސޯލިހް ރައީސް އޮފީހުގެ އިސް މަގާމުތަކަށް އައްޔަން ކުރެއްވީ އެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސްގެ މަގާމަށް ޙުސައިން ޢާމިރު އާއި ސެކްރެޓަރީ، ކެބިނެޓް އެފެއާޒްގެ މަގާމަށް އަޙްމަދު ޙަސަންދީދީ އާއި ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަގާމަށް ޙުސައިން އާދަމް އާއި  ސެކްރެޓަރީ، ޕޮލިސީގެ މަގާމަށް އާމިނަތު ޝައުނާ އާއި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް އަޙްމަދު ޢަބްދުﷲ ޢަފީފް އާއި  ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަގާމަށް ޙަސަން އިސްމާޢީލް އާއި ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ޞަބްރާ އިބްރާހީމް ނޫރައްދީން އެވެ.

  

މި ހުރިހާ ބޭފުޅުންވެސް މަޤާމުތަކަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް