ކ. މާލެ
|
17 ނޮވެންބަރ 2018 | ހޮނިހިރު 18:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރައީސް ސޯލިހު ހުވާކުރެއްވުން
ރައީސް ސޯލިހު ރައީސް އޮފީހުގެ މުވައްޒިފުންނާއި ބައްދަލުކުރައްވައިފި
ރައީސް އޮފީހުގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި މުވައްޒިފުންނާ ވަނީ ބައްދަލުކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ފަހު ރައީސް އޮފީހަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހު ރައީސް އޮފީހަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މަޖިލީހުގެ ކުރީގެ ރައީސް އަދި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ސޯލިހު)ގެ ފަރާތުން ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ކުރެއްވުމަށް ސިޔާސީ ބޭފުޅެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އަބްދުﷲ ޝާހިދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ އިތުރުން ޓްރާންސިޝަނަލް ކޮމިޓީގެ އިސް ބޭފުޅުންނެވެ. 

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމްއަށް އައްޔަންކުރައްވާނީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުއެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ އެކި ޑިޕާާޓްމަންޓްތަކުގެ ވެރިންނާއި، ރައީސް އޮފީހުގެ މުވައްޒިފުންނާއި ރައީސް ސޯލިހުވަނީ ބައްދަލުކުރައްވާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް