ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 19:32
ގަލޮޅު ދަނޑުގައި ގިނަ ބަޔަކު
ގަލޮޅު ދަނޑުގައި ގިނަ ބަޔަކު
ރާއްޖެ އެމްވީ
އިބޫ ހުވާކުރެއްވުން
ގިނަ ބަޔަކު ގަލޮޅު ދަނޑަށް ޖަމާވެއްޖެ
ހުވާ ކުރުމުގެ ރަސްމިއްޔާތު ހަވީރު 05:00 ގައި
ހުވާ ކުރުމުގެ ރަސްމިއްޔާތުގައި 12000 މީހުން ބައިވެރިވާނެ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ގިނަ ބަޔަކު ގަލޮޅު ދަނޑަށް ޖަމާވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު 5:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެ މާލަން ވަނީ ތައްޔާރުކުރައްވާފައެވެ.

ރައީސް މައުމޫނުގެ ސަރުކާރުގެ ބައެއް ވަޒީރުން

ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މީހުން ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. މޯދީގެ އިތުރުން އެ ރަސްމިއްޔާތުގައި ބޭރުގެ 250 އަށް ވުރެ ގިނަ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ދައުލަތުގެ އިއްޒަތްތެރިންނާއި ވިޔަފާރި ވެރިންނާއި ކުރީގެ ވަޒީރުންނާއި ހިދުމަތްތެރިންގެ އިތުރުން އާންމުންގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވާ މި ރަސްމިއްޔާތުގައި ދައުވަތު އެރުވިގެން 12000 ވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.

ސްރީ ލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް