ކ. މާލެ
|
17 ނޮވެންބަރ 2018 | ހޮނިހިރު 11:47
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް
މުހައްމަދު ފަޒީން
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް
މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ނާޒިމް ރާއްޖެ ވަޑައިގަންނަވައިފި
މިއައީ ސިޔާސީ މަސައްކަތް ކުރަން: ނާޒިމް
ރާއްޖެއިން ބޭރުގައި އުޅުއްވާތާ ދެ އަހަރާއި 11 މަހާއި ހަތް ދުވަސް
ސިޔާސީ މަސައްކަތް ކުރައްވާނީ ފާރިސް އާއެކު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ރާއްޖޭ ވަޑައިގަންނަވައިފި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ހުންނަވައި ނޫސްވެރިންނަށް މައުމޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ އޭނާ ރާއްޖެ މިވަޑައިގެންނެވީ ރާއްޖެ ދޫކުރައްވާ ދެ އަހަރާއި 11 މަހާއި ހަތް ދުވަސް ފަހުން ކަމަށާއި ރާއްޖެ ވަޑައިގެންނެވީ، އިބްރާހީމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާއި، އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑަކީ މިވެރިކަމުގައި އެންމެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރި މީހާ. އެހެންވީމައި އަޅުގަނޑު މިއަދު އައިސް ރައްޔިތުންގެ ކުރިމަތީގައި މިހުއްޓެނީ މިއަނިޔާވެރިކަން (ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން) ނިމުން ފާހަގަކުރުމުގެ ގޮތުން. އަޅުގަނޑު ގަބޫލުކުރަން ރައީސް ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރިއެކަކީި އަޅުގަނޑު. ހަމައެހެންމެ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވެރިކަން (ރައީސް ޔާމީންގެ) ނިންމުމަށްވެސް އަޅުގަނޑު އެއަށްވުރެ ބޮޑަށް މަސައްކަތް ކުރީމޭ. އެހެންވީމާ އަޅުގަނޑު އެނބުރި ސިޔާސީ މަަސައްކަތް ކުރުމަށް މިކުންނަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަސައްކަތް ކުރުމަށް، އަދި ގުޅިގެން ގެނައި އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަން ބޭނުންވެގެން މިއައީ،" ރައީސް ޔާމީންގެ އެންމެ ދުވަސްވީ އެންމެ ގާތް އެކުވެރިޔާ ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތައް އެކުލަވާލާއިރު، ރާއްޖެ ހަމަ މަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނަންތޯ ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ ގޮތެއް ނިންމާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސްވަރާ ކުރުމަށްފަހުގަ ކަމަށެވެ.

ނާޒިމް ވިދާޅުވީ އޭނާ ހުންނަވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއެކު ކަމަށެވެ. އެހެން ކަމުން ނާޒިމް ގުޅިވަޑައިގަންނަވާނީ ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓާއެކު ކަމަށް މިވަނީ ބެލެވިފަ އެވެ. 

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މީގެ ތިން އަހަރު ކުރިން، 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ.

މަކަރާއި ހީލަތުގެ ކުށް ނާޒިމްގެ މައްޗަށް ސާބިތުވުމާ ގުޅިގެން، 2015 ވަނަ އަހަރު އޭނާ ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވެސް ހުސްވިއެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ނާޒިމް ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އެއަށްފަހު އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސީ ވިލާތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް