ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 21:02
އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރުމުގެ ހަފްލާއަށް ދީފައިވާ ދައުވަތު ކާޑު:-ގިނަ ބަޔަކަށް ފުރުސަތު ލިބިފައިވޭ
އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރުމުގެ ހަފްލާއަށް ދީފައިވާ ދައުވަތު ކާޑު:-ގިނަ ބަޔަކަށް ފުރުސަތު ލިބިފައިވޭ
މުހައްމަދު ޝަރުހާން
އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުން
އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
ކެމްޕެއިންގައި އިސްކޮން އުޅުނު މީހުނަށް ދައުވަތު ލިބުނު
މިއީ މީގެ ކުރިން މިހާ ފުޅާކޮން ލިބުނު ފުރުސަތެއް ނޫން

ބުނެއުޅެނީ ފަސްކުޅަނދުމަދު ރާއްޖެ ތެރޭ މީހެކޭއެވެ. މާލޭގެ ބޭފުޅެއް ނޫނޭއެވެ. ފައިން ދޮންވެލި ނުހިކޭ ވާހަކައެވެ. މިއީ އިހުތިބީންގެ ތެރޭގައި ވެސް އަތޮޅުތަކާއި މާލެ އާއި އޮތް ތަފާތެވެ. ސީދާ ސީދާ ނުބުންޏަސް ބާއްވަމުން އައި ބޮޑު ތަފާތު ތަކެކެވެ. އެކަމަކު މިއަދު މިފެންނަ މަންޒަރަކީ އާދައިގެ މަންޒަރެއް ނޫނެވެ. އަނެއްކާ ވެސް ރާއްޖޭގެ ތާރީޚްގެ ތެރެއަށް ވަދެގެންދާ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ރާއްޖޭގެ ތާރީހުގައި ބޭއްވޭ އެންމެ ބޮޑު މި ފަދަ ޖަލްސާ އެވެ. މި ޖަލްސާ އެތައް ގޮތަކުން ތަފާތެވެ. އޭގެ ތެރެއިން މި ޖަލްސާ ވެގެން ދަނީ ރާއްޖޭގައި ބޭއްވޭ އެންމެ މަތީ ފަންތީގެ ފެންވަރުގައި މި ފަދަ ޖަލްސާ އަކަށް އާންމު އެންމެ ގިނަ ބަޔަކަށް ދައުވަތު ދީގެން ބާއްވާ ޖަލްސާއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީގެ ކުރިން ވަޑައިގެންނެވި ބޭފުޅުން ހުވާ ކުރެއްވުމުގެ ހަފްލާގައި ބައިވެރިވަޑައިގަތުމަށް ފުރުސަތު ލިބިގެން ދަނީ ގައުމުތަކުގެ ވެރިންނަށާއި ދިވެހި ދައުލަތުގެ އިއްޒަތްތެރިންނަށާއި އެހެނިހެން އިސް ބޭފުޅުންނަށެވެ. ނަމަވެސް މި ތާރީޚް މި ފަހަރު މި ވަނީ ބަދަލުކޮށްލާފައި އެވެ. އެ ހާއްސަ ރަސްމިއްޔާތުގައި ރަށްރަށުގައި ތިބި އެންމެ އާދައިގެ ރައްޔިތަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތު ވަނީ ލިބިފަ އެވެ. ރަށްރަށުގައި ދިރިއުޅޭ މަސްވެރިންނާއި ދަނޑުވެރިންނާއި އަދި އަމިއްލަ އެހެނިހެން މަސައްކަތްތައް ކުރާ މީހުނަށް ގޭގައި ތިއްބާ ދައުވަތު ކާޑު ވަނީ ފޮނުވާފައި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވާ ގޮތަށް ގައުމުތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާ ޝަރަފުވެރި އަދި ހައިބަތު ބޮޑު މި ބައްދަލުވުމަށް ދައުވަތު ކާޑު ލިބިގެން ދިއުމުން އާންމުންނަށް ކުރެވުނު އިހްސާސްތައް ވެސް ތަފާތެވެ. މި ދައުވަތު ލިބުން އެންމެ ހައްގުކަން ބޮޑު އެއްބަޔަކީ ރެޔާއިދުވާލު ކެމްޕެއިންތަކުގައި ބުރަކޮށް އުޅުނު އާންމު ރައްޔިތުން ކަމަށް ވިއަސް އެ ފުރުސަތު ލިބިގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ. މި ހަފްލާގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދިޔައީ ޖަޒީރާ ރާއްޖެ ކެމްޕެއިންގައި އަމިއްލަ އަތުން އެތައް ހޭދަ އެއް އާންމުން ކުރި ރައްޔިތު މީހާއަށެވެ. ކާން ބޯންކުރި މަސައްކަތުގެ ވަގުތުތައް އެ ކެމްޕެއިނަށް ގުރުބާންކޮށް އިބްރާހީމް މުހައްމަދު ސޯލިހަށް މުޅި ރަށް ޒީނަތްތެރިކޮށް އެންމެ މަތީ ޝަރަފުގައި މަރުހަބާކީ މީހުނަށް އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މިއަދު ފުރުސަތު ލިބިގެން ގޮސްފި އެވެ.

2013 ވަނަ އަހަރު ރައީސް ޔާމިން ހުވާ ކުރެއްވުމަށް ބޭއްވި ހަފްލާ:-މި ޖަލްސާ ބޭއްވީ ދަރުބާރުގޭގައި

"ވަރަށް އުފާވެއްޖެ މި ގޮތަށް ދައުވަތު ކާޑެއް ލިބުނީމަ. އަމިއްލަ އަށް އިހްސާސްކުރެވިއްޖެ ކުރި މަސައްކަތް އެ ބޭފުޅުން ބަލައިގެންފިކަން. ރައީސް ސޯލިހަށް ހަމަ ޝުކުރު އަދާކުރަން،" އަތޮޅު ތެރެއިން މި ހަފްލާގައި ބައިވެރިވުމަށް އައި މީހަކު ބުންޏެވެ.

އާންމުންގެ ހިތުގެ ޝުކުރުގެ ޖިޒީ އިބްރާހިމް މުހައްމަދު ސޯލިހަށް ދަނީ ބަންޑުންކުރަމުންނެވެ. ޝުކުރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަހާފައި ދައުވަތު ކާޑުގެ ފޮޓޯގައި ވާ އެމީހެއްގެ ނަމާއެކު ސޯޝަލް މީޑިޔާއަށް ވަނީ ދޫކޮށްލާފައި އެވެ. ހަގީގީ ޝަރަފުވެރިންނަށް ހައްގު މަގާމު މިއަދު ލިބުނު ކަމުގެ އިހްސާސް އެމީހުނަށް ކުރެވޭތީ އެވެ.

އިންތިހާބީ ރައީސް ސޯލިހްގެ ކެމްޕެއިންގެ ތެރެއިން:-އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިޔާތަށް ގިނަ އާންމުންނަށް ފުރުސަތު ލިބިގެންދޭ

މާލޭ ބޭފުޅުންނާ އެކު އަތޮޅު ތެރޭގެ އެންމެ އާދައިގެ މީހާ ވެސް ރަށުން އައިސް އެ ހުރީ، ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ދެއްވި ދައުވަތަކަށެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިއްޒަތްތެރިންނާ އެކު މަޖިލީހެއްގައި އާދައިގެ މީހާ އިންނަން އެ ފުުރުސަތު ދެއްވި ބޭފުޅަކަށް ވެގެން ދަނީ އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ވީހާވެސް ގިނަ ރައްޔިތުނަށް އެ ފުރުސަތު ދިނުމަށް މާލޭ ގަލޮޅު ބޯޅަ ދަނޑުގައި އެ ރަސްމިއްޔާތު ބާއްވަން ނިންމެވީ ރައީސް ސޯލިހެވެ.  ދެން އަންނަ ރައީސަކު ވެސް މި ނޫން ގޮތަކަށް ދެން މިކަން ކުރުން ވެސް ވާނީ ހުތުރުކަމަކަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
17 ނޮވެންބަރ 2018 | ހޮނިހިރު 07:32
ސަރުކާރު މުއައްަޒަފު
ރައީސަކު ވެރިކަމާ ހަވާލު ވުމަށްފަހު އެވެރިކަން ދަމަހައްޓާ ވައުދު ފުއްދުމުގައި އެންމެ ބޮޑު ގުރުބާނީ އެއް ވާންތިބެނީ ސަރުކާރު މުއައްޒަފުންނަށް ވާއިރު ސަރުކާރު މުއައްޒަފުން ހަނދާން ނައްތާލާފަ ހަމަ އެކަނި މަގުމައްޗަށް ނިކުތް އެކްޓިވިސްޓުންނާއި އެމީހުންގެ އާއިލާތައް އިސްކުރުމަކީ ވަރަށް ބޭއިންސާފު ކަމެއް. ގާނޫނީ ގޮތުން ތަންނުދޭތީ އިބޫ ވެރިކަމަށް ހޮވަން މަގުމައްޗަށް ނުނިކުތަކަސް ކޮންމެ މީހަކަށް ވެސް ދެވޭނީ ސިއްރުން ދޭ އެންމެ ވޯޓަކަށް ވާއިރު 11000 ދައުވަތުގެ ތެރޭގައި އެއްވެސް ވަރަކަށް ސަރުކާރު މުއައްޒަފުންގެ ހައިސިއްޔަތުން ދައުވަތު ނުދިނުމަކީ ވަރަށް ހިތްދަތި ކަމެއް. އާންމު ހުރިހާ ޖަލްސާ ތަކަކަށް ދައުވަތު ލިބޭ މީހެއްގެ ހައިސިއްޔަތުން ވަރަށް އުންމީދު ކުރިން ލިބޭނެ ކަމަށް. ނުލިބުމުން ބަލާލިން ދެން މިދާއިރާއިން ލިބުނީ ކާކަށްތޯ. އެކަށް ވެސް ނުލިބޭ. އެކަމަކު އެތާގަވެސް ތިބި ސިޔާސީ ގޮތުން އާއިލީ ގުޅުމާއި ރަހުމަތްތެރިކަން އޮތް އެންމެނަށް އޮތީ ލިބިފަ. ވަރަށް ދެރަ
17 ނޮވެންބަރ 2018 | ހޮނިހިރު 07:00
ަސޭޅާާ
ކޮބާ ތިއާދައިގެ މީހުންނަކީ. އަހަރުންގެ 30 މިލިއަން ޓެކްސް ފައިސާ ތި ތަޅަާ ބުރުވަނީ އިންޑިއާ މީހަކަށްޓަކާ . ރައީސް ޔާމީން އެއްވެސް ހަރަދެއް ނުކޮއް ހުވާކުރީ. އެވަާހަކަ ލިޔެބަލަ.