ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 15:22
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ގެޓީ އިމޭޖަސް
މޯދީ ރާއްޖެ ވަޑައިގަތުން
ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
ސޯލިހު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައި
އިންޑިއާއިން އަބަދުވެސް އެދެނީ ރާއްޖެއަަށް ހަމަޖެހުމާއި ކުރިއެރުންކަމަށް ވިދާޅުވި

ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަމާ މާލެ ވަޑައިގަންނަވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މީގެ ކުޑައިރުކޮޅެއް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް މާދަމާގެ ވަގުތެއްގައި މާލެވަޑައިގަންނަވާނެކަމަށެވެ. އަދި އިންތިޚާބުގައި ސޯލިހު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުން  ދައްކައިދިނީ، ރައްޔިތުން ޑިމޮކްރެސީއަކަށް ބޭނުންވެފައި ތިބި މިންވަރުކަމަށެވެ.

އިންޑިއާއިން އަބަދުވެސް އެދެނީ ރާއްޖެއަަށް ހަމަޖެހުމާއި ކުރިއެރުންކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ކަމަށް މޯދީ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތައް 200އަށް ވުރެ ގިނަ ބޭރުގެ އިއްޒަތްތެރިން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް