ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 17:17
އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަރިހުގައި
އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަރިހުގައި
ޓްވިޓަރ
އަބްދުﷲ ރިޔާޒް
ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވީ ޕީޖީ ލީޑަރު ކަމަށް އިންތިޚާބުވުމުން

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ ތިން ވަނަ އެޑްވައިޒަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރިޔާޒް އިސްތިއުފާ ދެއްވުމާއި ހަމައަށް އެމަޤާމުގައި އޭނާއާ އެކު ދެން ތިއްބެވީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރަކީ، ޕާޓީ ތަރައްގީކޮށް ކުރިއެރުވުމާއި ޕާޓީއަށް ސިޔާސީ ކުރިއެރުން ހޯދުމުގައި ޕާޓީގެ ލީޑަރަށް ބޭނުންވާ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދީ އަދި މަގާމުގެ ހައިސިއްޔަތުން ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޝަރަފުވެރި އިއްޒަތްތެރިއެކެވެ.

ރިޔާޒް އެމަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އެ މަޤާމުން އިސްތިއުފާ ދެއްވުމަށް އޭނާ ނިންމެވީ ޖުމްހޫރީ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކަށް އައްޔަން ކުރައްވާފައިވާތީއެވެ.

ޖުމްހޫރީޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ރިޔާޒް ހަމަޖެއްސެވީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އޮތް އެޕާޓީގެ ޕީޖީ ގްރޫޕްގެ އިންތިޚާބުގައެވެ. ކުރިން އެމަޤާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ. ނަމަވެސް ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ މަޤާމަށް ޤާސިމް އިންތިޚާބު ވުމުން ޖޭޕީގެ ޕީޖީ ލީޑަރުގެ މަޤާމުން ޤާސިމް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ރިޔާޒު ކުރިން ހުންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގަ އެވެ. ނަމަވެސް ޖަލު ބަންދުގައި ހުއްޓައި އޭނާގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް