ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 23:48
އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން
އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން
ހަވީރު
އަދާލަތު ޕާޓީ
އަދާލަތު ޕާޓީއަށް 10000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފި
އަދާލަތު ޕަޓީއަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި
އިދިކޮޅަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވި ނަމަ އަދާލަތު ޕާޓީ ނެތިގެންދާނެ

އަދާލަތު ޕާޓީއަށް 10 ހާސް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އަދާލަތު ޕާޓީގެ ވޮލަންޓިއަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބުރާސްފަތި ދުވަހުގެ ރޭ އެޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ، އަދާލަތު ޕާޓީއަށް މިފާއިތުވެދިޔަ ދުވަސްތަކުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވެފައިވާކަމަށެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ހޮވިވަޑައިގަތުމަތީ ޕާޓީ ކުރިއަށް ގެންދިއުމަށް ލިބުނު ފުރުސަތެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެހެން ނޫން ނަމަ އަޅުގަނޑުމެންގެ ގައުމު އަތަކު ނުޖެހުނީސް. އަޅުގަނޑުމެން ޕާޓީ ސަލާމަތުން ނުއޮތީސް. އަޅުގަނޑުމެން ޖަލަކުން ނުނެރެވުނީސް،" އިމްރާން ވިދާޅުވިއެވެ.

ޝައިޚް އިމްރާން ވިދާޅުވީ، ޕާޓީގެ ދޮރު ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށާއި އަންހެނުންނާއި ޒުވާނުންނަށް ގާބިލް ރައްޔިތުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ގައުމުގެ މުސްތަގްބަލް އޮތީ ކުރިއަށް އޮތްތަނުގައި ކުރާނެ މަސައްކަތްތަކަށް ބިނާވެފައިކަމަށެވެ.

މިހާރު ގައުމު އޮތް ހާލަތަށް ގެނައުމަށް ކުރި މަސައްކަތަށް އިތުރު ހިތްވަރު ބޭނުންވާ ކަމަށާއި ރައްޔިތުންނަށް ހެޔޮ ފާގަތި ޖީލެއް ބިނާ ކުރުމުމަކީ އަދާލަތު ޕާޓީންވެސް އެންމެ އިސްކަމެއް ދޭނެ ކަން ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް އިމްރާން ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި އެތައް އުނދުގޫތަކެއް އެޕާޓީއަށް ކުރިމަތިވި އިރު ދެން އެންމެ އިސްކަމެއް ދެއްވާނީ 10000 މެންބަރުން ޕާޓީގައި ހަމަކުރުމަށެވެ. އެގޮތުން ބަޖެޓު ފާސް ކުރުމުގެ ކުރިން ހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި 1500 މެންބަރުން ވަނީ އެޕާޓީއާ ގުޅިފައެވެ. އަދި އެފޯމުތަކާއި ޝައިޚް އިމްރާނު ވަނީ ހަވާލުވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް