ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 18:09
ޖޭޕީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޖޭޕީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ޖުމްހޫރީ ޕާޓީ
މެމްބަރު މުބީން އާއި މެމްބަރު ރަޝީދު ޖޭޕީއަށް ސޮއިކުރައްވައިފި
ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ އެޕާޓީގެ ލީޑަރު ގާސިމް
ޖޭޕީ ދޫކުރައްވައި އެހެން ޕާޓީތަކަށް ވަޑައިގެންނެވި ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރަން

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން، އާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

މި ދެ މެމްބަރުން ޖޭޕީއަށް ސޮއިކުރައްވާފައި ވަނީ މ.ކުނޫޒުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ދެ މެމްބަރުން ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

މިރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އެ ޕާޓީ ދޫކުރައްވައި އެހެން ޕާޓީތަކަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް އަނބުރާ ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިއީ ޕާޓީއަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. ގާސިމް ވިދާޅުވީ ޖޭޕީއަށް ވަދެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވަން ބޭނުންވާ އެންމެހައި ބޭފުޅުންނަށް ފުރުސަތު އޮންނާނެ ކަމަށާއި، އެޕާޓީން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

މިއަދު ޖޭޕީއަށް ސޮއިކުރެއްވި މެންބަރު މުބީން އާއި، މެންބަރު ގާރީ ރަޝީދު ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރުގެ އިންތިހާބުވެވަޑައިގަތީ ޖޭޕީގެ ޓިކެޓްގައެވެ. ނަމަވެސް ދުވަސްކޮޅަކު ޖޭޕީގައި މަސައްކަތް ކުރެއްވުމަށްފަހު މިއަދާ ހަމައަށް މަސައްކަތް ކުރެއްވީ ޕީޕީއެމްގައެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތީޚާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިވުމާއި ގުޅިގެން އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން އަންނަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް